ސަހްޔޫނީންގެ ޕާސްޕޯޓް މަނާނުކޮށް މަޖިލިސް ކޮމިޓީގައި ޕާކްކޮށްފައި އޮންނަތާ 100 އެތައް ދުވަސްވެފައިވުމުން މަޖިލިސް ދޮރުމަތީ މުޒާހަރާ ކުރަން ނިންމައިފި އެވެ.
"މިކަމާ އުޅެބަލަ" ނަމުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މުޒާހަރާ އޮންނާނީ 21 އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގައެވެ.
މި މުޒާހަރާ ކުރަން ހަމަޖެހިފައި ވަނީ މަޖިިލީހުގެ ކުރިމަތީގައެވެ.
އެގޮތުން މީސްމީޑިޔާގައި މިކަމާ ގުޅޭގޮތުން ޒުވާނަކު ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިސް ދޮރުމައްޗައް އެއްވެ މުޒާހަރާ ކުރަން ނިންމީ ޕާސްޕޯޓް މަނާނުކޮށް މަޖިލީގުގައި ތާށިކޮށްގެން ބަހަނާއަކަށްފަހު ބަހަނާ ދައްކަވަމުންގެންދާތީކަމަށެވެ.
މިދިޔަ ހަފްތާ ތެރޭވެސް ޒުވާނުންތަކެއް ވަނީ ސަހްޔޫނީންގެ ޕާސްޕޯޓް މަނާ ނުކުރާތީ މަޖިލިސް ކުރާ ސަރަހައްދައް އެއްވެފައެވެ. އެހެން ނަމަވެސް ފުލުހުން ވަނީ ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުމަށްފަހު އެ މުޒާހަރާގެ ބައިވަރުން އެތަނުން ފޮނުވާލާފައެވެ.
ސަހްޔޫނީންގެ ޕާސްޕޯޓް ރައީސް ގެ ގަރާރަކުން މަނާކުރެވެން އޮއްވާ މަޖިލީހާ ޖާމިނުކޮށްގެން އެކަން ނުކޮށް ބަހަނާއަކަށްފަހު ބަހަނާއެއް ދައްކަމުން ގެންދާތީ ގިނަބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
140 DAYS SINCE BAN ANNOUNCEMENT | 12PM | INFRONT OF MAJLIS | MONDAY 21ST |
— Furu (@ctrlshiftdream) October 20, 2024
Why is it stuck? When will it be passed? Why is majlis sitting on it. #mikamaulhebala #vivalaresistance pic.twitter.com/R4m2kAEBg9