މުބީން / ޕީއެސްއެމް
ސިޔާސީ
މުބީން ކަސްޓަމް އޮފިސަރަކަށް ބިރު ދެއްކިކަން ފަޅައެރުމުން، މަތި ބައްދަން މަސައްކަތް ކުރަނީ!
Aishath Naja
އައިޝަތު ނަޖާ
20 އޮކްޓޯބަރު 2024
މާލެ ސިޓީ

ކަސްޓަމް އޮފިސަރަކަށް ބިރުދެއްކުމަށްފަހު 30 އައިފޯން ޑިޔުޓީއާ ނުލައި އެތެރެކުރިކަން ހާމަވުމާއެކު ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މުބީން ޑިފެންސަށް ކުޅެފިއެވެ.

މުބީން އޭނާ ފަންޑް ކުރާ ނޫސްތަކުން ޚަބަރު ޝާއިއުކޮށްފައިވާއިރު އެ ޚަބަރުތަކުގައި ވާގޮުތުން އޭނާއާ ގުޅުވާ ދެކެވިފައިވަނީ ދޮގު ވާހަކަތަކެކެވެ.

އެހެންނަމަވެސް ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ތޭރަ އޮންލައިން" އަށް މައުލޫމާތު ދިން ކަސްޓަމްގެ އޮފިސަރެއް ބުނީ، ރައީސަށް ދަންނަވާނެކަމަށް ބުނެ ޑިޔުޓީއާ ނުލައި އައިފޯން އެތެރެކުރަން ބިރު ދެއްކެ ކަސްޓަމްގެ އޮފިސަރަކީ އޭނާއާއެކު މަސައްކަތް ކުރާ އޮފިސަރެއްކަމަށެެވެ. އެއީ ތެދެއްކަމަށާ މުބީން މިހާރު މަސައްކަތް ކުރަނީ އެކަން ދޮގުކޮށް އެ ކަސްޓަމް އޮފިސަރު މަގާމުން ވަކިކުރުމަށް ކަމަށް ވެސް މި ނޫހަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.

މި ވާހަކަ 'ދިޔަވަރު' ނޫހުން ޝާއިއު ކުރުމާއެކު މުބީން ވަނީ އެއީ ދޮގެއް ކަމަށް ބުނެ ޑިފެންސަށް ކުޅިފައެވެ. އޭނާ މިހާތަނަށް ރާއްޖެއިން ބޭރަށް ދަތުރުކުރައްވާފައި ނުވާ ކަމަށާއި، އައިފޯން 16ގެ ވިޔަފާރިއެއް ކުރައްވާ ނުވަތަ އެއްވެސް މީހަކު ލައްވާ އެފަދަ ކަމެއް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވި އިރު މިއީ ކަނޑައެޅިގެން ދޮގެއްކަން ފާހަގަކޮށްލެވެއެވެ. މުބީން ވަނީ މެލޭޝިއާ އަށް ވެސް ދަތުރުކުރައްވާފައެވެ.

މުބީން އޭނާ ކުރަން އުޅުނު ކަންތައް ފަޅައިއެރުމުން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved