ރާއްޖޭގެ ސްކޫލެއްގައި ފިރިހެން ޓީޗަރެއް ފިރިހެން ދަރިވަރުންތަކެއް ގްރޫމުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ފުލުހުންގެ އިދާރާއިން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައެވެ.
އެ މެސުޖައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ސައުތް ސެންޓްރަލް ޕޮލިސް (މ. ފ. ދ. ތ. ލ) އަތޮޅު ހިމެނޭ ރަށެއްގެ ސްކޫލެއްގައި ވަޒީފާ އަދާކުރާ ފިރިހެން ޓީޗަރެއް ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ދަރިވަރަކުގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 17 އޮކްޓޯބަރު 2024 ވީ ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ތަހުގީގުކުރަމުން ގެންދާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި ފުލުހުން ބުނީ މި މައްސަލައަކީ ކުޑަކުދިންނާއި ގުޅޭ ސީރިއަސް މައްސަލައަކަށްވާތީ ދަރިވަރުންގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން އެ ކުދިންގެ އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.
ޓިޗަރު މީހާއަކީ ދިވެއްސެއްތޯ ނުވަތަ ބިދޭސީއެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވާ ފުލުހުން ހާމަކޮށްފައިވަނި ދަރިވަރަކު ގްރޫމުކުރި މައްސަލައިގައި ހިމެނެނީ ދިވެހި ޓީޗަރެއް ކަމަށެވެ.