April 14, 2026
Advertisement
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް

ދަފްތަރުގެ މައްސަލައަށް ހައްލު ރައީސް ޔާމީން ދެއްކެވި: ހުސެއިން

Fathmath Reem
ފާތުމަތު ރީމް
Jan 7, 2024, 07:33 PM

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement


ހުސެއިން ވިދާޅުވީ 18 އަހަރު ވެފަފުރިފައިވާ ކޮންމެ ކުއްޖަކު 2030 ވަނަ އަހަރު އަންނަ އިރު މާލެއިން ބިމެއް ނުވަތަ ފުލެޓެއް އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން 2018ގައި ދެއްވި ކަމަށާ ކަމަށާއި އެ ވިދާޅުވުން އަމާޒެއްގެ ގޮތުގައި ގޮއްސިއްޔާ ތިބޭނީ ދަފްތަރުގެ މައްސަލައަށް ހައްލު ލިބުމުގެ މަގުމަތީގައި ކަމަށެވެ.

މި މައްސަލައިގެ ހައްލު ދައްކަވާފަ އޮތީ ރައީސް ޔާމީން، 18 އަހަރު ވެފައިހުރި ކޮންމެ ކުއްޖަކަށް 2030 ވަނަ އަހަރު އަންނަ އިރު މާލެއިން ބިމެއް ނުވަތަ ފުލެޓެއް އޮންނާނެ ކަމަށް އެ ވިދާޅުވި ވިދާޅުވުން އަމާޒެއްގެ ގޮތުގައި ގޮއްސިއްޔާ މިއަދު މި ދަފްތަރުގެ މައްސަލައަށް ހައްލު ލިބުމުގެ މަގުމަތީީގަ އަޅުގަނޑުމެން ތިބޭނީ

ހުސެއިން ވަހީދު

މީގެ އިތުރުން ހުސެއިން ވިދާޅުވީ އިންތިހާބަކަށް ކުރިމަތިލާ ވޯޓު ހޯދަންވުމުން ގިނަ ވާހަކަތަކެއް ދައްކައިގެން އައިސް އެކަންކަން ނުކުރެވި ދިޔައީމަ ދިމާވާ މައްސަލަ ތައް ގިނަ ކަމަށެވެ.

ހުސެއިން ވިދާޅުވީ ރައީސް ޔާމީން އޭރު ކަނޑައަޅުއްވާފަ އޮތް 2030 ގެ ތަސައްވަރާ ދިމާލަށް ދަތުރު ކުރުމުގެ ތެރެއިން މިހާރު ދިމާވެފަ އޮތް ތަފާތު ކުރުމުގެ މައްސަލަ ހައްލު ކުރާނެ ކަމަށާ އަދި އެކަމަށް ފުރިހަމަ ސަމާލުކަމެއް ދެނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved