March 9, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

އިސްތިއުފާ ދެއްވުމުން، އިނާމަކަށް މުސާރަ ބޮޑު އެހެން މަގާމެއް ދެނީ!

Aishath Naja
އައިޝަތު ނަޖާ
Oct 23, 2024, 08:56 PM
މާލެ ސިޓީ

ސަރުކާރުގެ ސިޔާސީ މަގާމުތަކުން އިސްތިއުފާ ދޭ ފަރާތްތަކަށް މުސާރަ ބޮޑު އެހެން މަގާމެއް އިނާމުގެ ގޮތުގައި ދޭކަން ހާމަވެއްޖެ އެވެ.

Advertisement

ތޭރަ އޮންލައިނަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު މިގޮތައް މިކަން ކުރަން ފަށާފައި ވަނީ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދަރ މޯދީއަށް ފުރައްސާރަ ކުރި ޔޫތް މިނިސްޓްރީގެ ކުރީގެ ނައިބު ވަޒީރުންކަމަށްވާ މަލްޝާ ޝަރީފާ، މަރިޔަމް ޝިއުނާއަށް މުސާރަ ބޮޑު މަގާމެއް އިނާމެއްގެ ގޮތުގައި ދިނުމަށްފަހު އެވެ.

ދާދިފަހުން ހަރަދު ކުޑަކުރުމުގެ ނަމުގައި ރައީސް މުއިއްޒު ވަނީ 228 ސިޔާސީ މުވައްޒަފުން މަދުކުރުމަށް ނިންމާފައެވެ. އޭގެތެރޭގައި ސްޓޭޓް މިނިސްޓަރުންނާ، ޑެޕިޔުޓީ މިނިސްޓަރުންނާ، ޕީޑީން ހިމެނެއެވެ. ރައީސް މުއިއްޒު މި ފަރާތްތައް މަގާމުން ވަކި ކުރަން ނިންމަވާފައިވަނީ ވެސް ވަރަށް މޮޅު ގޮތަކަށް ކަމަށް ވަނީ މުތަބަރުކޮށް މައުލޫމާތު ލިބިފައެވެ.

އެގޮތުން އެމަނިކުފާނު އުޅުއްވަނީ މި ފަރާތްތައް ވަކި ކުރުމަށްފަހު އަނެއްކާ ވެސް ސިޔާސީ އެހެން މަގާމެއް ދިނުމަށެވެ. ވަކި ކުރާ ފަރާތްތަކަށް މުސާރަ ބޮޑު ވަޒީފާއެއް ނުދެވޭނެކަމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް އަމިއްލަ އަށް އިސްތިއުފާ ދީފިކަމުގައި ވާނަމަ، އެ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި މުސާރަ ބޮޑު ވަޒީފާއެއް ދޭނެކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ސަރުކާރަށް އަހަރެއް ވާން ކައިރިވެފައިވާއިރު އަދިވެސް ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved