March 9, 2026
Advertisement
ޑރ ޖަމީލް އަހްމަދު
ޑރ ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ

ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައީސް މުއިއްޒު އެޅުއްވީ ރައްޔިތުންގެ ލޮލުގައި އަނދުން: ޑރ.ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Oct 24, 2024, 10:06 PM
މާލެ ސިޓީ

ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުއްވިކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ޚަރަދު ކުޑަކުރާކަމުގެ ނަމުގައި މުސާރައިން 50 އިންސައްތަ ނުނަގާނެ ކަމަށް ވިދާޅުވި ނަމަވެސް ބަހާއި އަމަލާ ދިމާނުވާކަން މިހާރުވެސް ފެންނަކަމަށް ޑރ.ޖަމީލް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ އަމިއްލަ މުސާރައިގެ އެއް ބައި ނުނެގުން ކަމަށާއި އެކަމަކީ އައުކަމެއް ނޫން ކަމަށް ވެސް ޑރ ޖަމީލް ވިދާޅުވިއެވެ. ޑރ ޖަމީލް އިތުރަށް ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ނިޒާމުން ބޭރުން ރައީސް މުއިއްޒު ކޮންމެ މަހަކު 25 މިލިއަން ނަގަމުންދާކަމަށް ކުރެވޭ ތުހުމަތަށް ހައްލު ހޯދަން ޖެހޭކަމަށެވެ.

އޭގެތެރޭގައި މެމްބަރުންނަށް ބަހަމުންދާ ފައިސާއާއި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ކުއްޔަށް ހިފަމުންދާ އެތައް ބުރީގެ އިމާރާތްތަކާއި ޓީވީ ސްޓޭޝަންތައް ހިންގާ ތަންތަނަށް ދޭ ފައިސާވެސް ހިމެނޭކަމަށެވެ.

އެއީ ޕީއެންސީ ކޮންތާކުން ހޯދި ފައިސާއެއްތޯ ވެސް ޑރ ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިސް އިންތިޚާބާ ދިމާކޮށް ރަސްމާލެ ހިއްކުމުގެ ނަމުގައި ރާޖޫއަށް 70 އެތަކެއް މިލިއަން އަދި ހުޅުމާލޭ ބިން ދިނުން ވެސް ހިމެނޭކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން ވެސް ޑރ ޖަމީލް ވަނީ ސަރުކާރުން ކުރާ ނޭދެވޭ ކަންކަމުގެ ވާހަކަ ޕޯސްޓްގައި ދައްކަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved