March 26, 2026
Advertisement
މިނިސްޓަރު އަހުމަދު ޝިޔާމް ރައީސް ޔާމީންގެ އަރިހުގައި
މިނިސްޓަރު އަހުމަދު ޝިޔާމް ރައީސް ޔާމީންގެ އަރިހުގައި / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ރައީސް ޔާމީންގެ ޗެލެންޖެއް ޝިޔާމަށް: ޔޫޓީއެފް އެއްބަސްވުން ކެބިނެޓަށް ގެނެސް މަޝްވަރާ ނުކުރި ސަބަބު އަހަން ކެރޭނެތޯ

Aishath Naja
އައިޝަތު ނަޖާ
Oct 25, 2024, 04:00 AM
މާލެ ސިޓީ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސްގެ ވަޒީރުކަމުގައި ހުންނެވި އަހުމަދު ޝިޔާމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރުގަދަ ޗެލެންޖެއް ކުރައްވައިފި އެވެ.

Advertisement

ޕީއެންއެފްގެ ފަރާތުން އެ ޕާޓީގެ އޮފީހުގައި ބުރާސްފަތި ދުވަހު އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ރައީސް މުއިއްޒު، އެމަނިކުފާނުގެ މުސާރައިން އެއްބައި ނުނަންގަވަން ނިންމެވި ނިންމުމަށް ޝިޔާމް ތައުރީފް ކުރައްވާފާވާތީ ފާޑުވިދާޅުވެފައެވެ.

އެގޮތުން އެކަމާ ގުޅިގެން ޝިޔާމް ވިދާޅުވެފައި ވަނީ ރައީސް މުއިއްޒު ސާބިތުކޮށްދެއްވީ އެމަނިކުފާނަކީ ދިވެހިންގެ ވެރިއެއްކަމާ މިއީ ދެމީހެއްގެ ގައުމެއް ނޫންކަމެވެ. ޝިޔާމްގެ އެ ވާހަކައަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ މިއީ ދެމީހެއްގެ ގައުމެއް ނޫންކަމުގައިވާނަމަ، ކެބިނެޓް ބައްދަލުވުމުގައި އުތުރު ތިލަފަޅުގެ އެއްބަސްވުން މަޝްވަރާ ނުކުރެއްވި ސަބަބު އަހަން ކެރިވަޑައިގަންނަވާނެތޯއެވެ.

ދެމީހެއްގެ ގައުމެއް ނޫންކަމަށްވަންޏާ، އަޅުގަނޑު ޝިޔާމަށް ދަންނަވާލާނަން، ޝިޔާމަށް ކެރިވަޑައިގަންނަވާނެތޯ ޔޫޓީއެފް އެގްރީމެންޓް ގެނެސް ކެބިނެޓްގައި ޑިސްކަސް ނުކުރެއްވީ ކީއްވެގެންތޯ އައްސަވާލައްވަން.

ރައީސް ޔާމީން ވިދާޅުވި އެވެ.

އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުގައި ވެސް މެޖޯރިޓީ އޮތީ ޕީއެންސީއަށް ކަމުން އުތުރުތިލަފަޅުގެ އެއްބަސްވުން ގެނެސް މަޝްވަރާ ކުރަން ނުކެރިގެން އުޅެނީ ކީއްވެތޯ ވެސް އެއްސެވުމަށް ރައީސް ޔާމީން ވަނީ ވަޒީރު ޝިޔާމަށް ޗެލެންޖު ކުރައްވާފައެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަކުރަން ރައީސް މުއިއްޒަށް ކެރިވަޑައިނުގަންނަވާތީ ވެސް އެމަނިކުފާނަކީ ހުދުމުހުތާރު ވެރިކަމެއް ކުރައްވާ ބޭފުޅެއްކަން އެނގޭކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved