
ފަތުރުވެރިކަމުގެ ސިނާއަތުގެ ބޮޑު މަޝްރޫއެއް ކަމަށްވާ ކަނޑުއަޑީގެ ޓަނަލް ހެދުމުގެ މަޝްރޫއު ހިންގުމަށް ފީޒިބިލިޓީ ޕްލޭން ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތާ 07 މަސް ވެފައިވާ ކަމަށާއި އަދިވެސް އެ މަސައްކަތް ނުނިމޭ ކަމަށް ބުނެ ސަރުކާރަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.
ފަތުރުވެރުކަމުގެ ދާއިރާގެ މެގަ ޕްރޮޖެކްޓެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި 07 މަސްވެގެން ދިޔައިރު ޕްލޭން އެއް ނުނިމުމަކީ ކުރިއަށް އޮތް 05 އަހަރުގެ ތެރޭގައި މަޝްރޫއުތައް ކުރިއަށް ގެންދާނެ ސްޕީޑް ކަމަށް މަލީހް ކުރެއްވި ޓްވީޓެއްގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މި ޓަނަލް ނިންމަވާ ހުޅުވާނެ ދުވަހެއް ހާމަކުރުމަށް މަލީހް ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މި ވެރިކަމަށް އަހަރެއް ވާން ގާތްވެފައިވާއިރު، ކުރިއަށް ހިންގަން ވައުދުވި އެއްވެސް މަޝްރޫއެއް އަދި އެއްވެސް ވައުދެއް ހެޔޮ ގޮތުގައި ފުއްދުމަށް މަސައްކަތް ކުރައްވާ ތަނެއް ފެނިގެން ނުދެއެވެ.
އޭގެ ބަދަލުގައި ގައުމު ދަރަނިވެރިކޮށް، ގައުމުގެ އިގްތިސާދު ވަނީ ދުވަހަކުވެސް ނުވެއްޓޭ ވަރުގެ ބޮޑު އަނދަވަޅަކަށް ވައްޓާލާފައެވެ.










