

ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ކާޑު ލިމިޓް 1،200 ޑޮލަރަށް ބޮޑު ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމީ އެ ބޭންކަށް ކޮން ގޮތަކުން ލިބުނު ޑޮލަރުގެ ތަނަވަސްކަމަކާ ގުޅިގެންތޯ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވައިފި އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަމުންނެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ އޮގަސްޓު 25، ގައި ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން ނިންމި ފަހުން މި ހިނގި ދެ މަސްދުވަހުގެ ތެރޭ ބީއެމްއެލްއަށް އައި ހަމައެކަނި ބަދަލަކީ ކުރިން ހުރި ކާލް ސްޓުމަކް އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް ދިވެއްސަކު އައްޔަންކުރުން ކަމަށެވެ.ރުފިޔާ އެކައުންޓުތަކަށް ޑޮލަރު ސަޕޯޓު އެއްކޮށް ކަނޑާލަން ނިންމި ސަބަބާއި އޭގެ ދެ މަސް ފަހުން ކިޔަވާކުދިންގެ ޑޮލަރު ލިމިޓު މަތިކުރަން ނިންމީ ކޮން ސަބަބަކާހުރެކަން ބީއެމްއެލްއިން ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ބީއެމްއެލްގެ ނިންމުމަށް ފާޑު ވިދާޅުވެފައެވެ
ޑޮލަރު ވަތް ތަނެއް އެއްވެސް ހިސާބަކުން ފެންނާކަށް ނެތް. ސަރުކާރުން ފިޔަވަޅުތަކެއް އަޅައިފި ޑޮލަރު މާރުކުރަންޖެހޭ ކަމަށް. އެކަމު އޭގެ ރާހަތެއް ބީއެމްއެލް އަކަށް ނުކުރާނެ. މިހާރު އެ އަދަދު އެ ބޮޑުކޮށްލީ 1،200 ޑޮލަރަށް
އޭގެ އިތުރުން، ޑޮލަރު ވައްދާ "ކަހީނަކު" ބީއެމްއެލްގެ ތެރޭގައި އުޅޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ޑޮލަރު ލިމިޓަށް ގެނައި ބަދަލަކީ ބީއެމްއެލްއިން އިދިކޮޅު އެމްޑީޕީއާ ގުޅިގެން ގެންނަން އުޅުނު މާލީ ބަގާވާތެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ފުލުހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ވެސް ބުނި ނަމަވެސް މިއަދާ ހަމައަށް މި މައްސަލާގައި އެއްވެސް މީހާކާ ސުވާލު ނުކުރާ ކަަމަށް، ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބު ސާފުކުރަން ސުވާލު ކުރާ ކޮންމެ ފަހަރެއްގައި ފުލުހުން އަންނަނީ ބުނަމުންނެވެ.