ރޭ އެކުލަވާލި ޓާސްކް ފޯހުގެ ބައްދަލުވުމުގެ ތެރެއިން / ރައީސް އޮފިސް
ސިޔާސީ
ހުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ހާމަވަނީ، އޭސީސީ އާއި އީސީއަށް ރައީސަށް ބާރު ފޯރުވޭ ގޮތަށް ހަދަނީ
Aishath Naja
އައިޝަތު ނަޖާ
28 އޮކްޓޯބަރު 2024
މާލެ ސިޓީ

ދެ މިނިވަން މުއައްސަސާ ކަމަށްވާ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފޫޒު ފޯރުވޭ ގޮތަށް އެ ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ދިނުމަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.

މި ގާނޫނުތައް ބަދަލު ކުރަން ހުށަހެޅީ ސަރުކާރުގެ ފަރާތުންނެވެ.

އެގޮތުން އީސީގެ ގާނޫނު ބަދަލުކުރުމުގެ ބިލު ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފު ހުށަހެޅުއްވިއިރު އޭސީސީގެ ގާނޫނު ބަދަލުކުރުމުގެ ބިލު ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އެވެ. މި ދެ ބިލުގެ ވެސް ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.

މިހާރު ގާނޫނު އޮތްގޮތުން އެ ދެ ކޮމިޝަނަށް ވެސް ރައީސާއި ނައިބު ރައީސް އައްޔަން ކުރަނީ އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާގޮތުން އެ ކޮމިޝަންތަކުގެ ރައީސުން އިސްތުފާދޭން ބޭނުންވެއްޖެނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ކޮމިޝަނަށެވެ. އަދި ނައިބު ރައީސް އިސްތިއުފާދޭން ބޭނުންވާނަމަ ސިޓީ ހުށަހަޅާންޖެހޭނީ ކޮމިޝަނުގެ ރައީސަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved