ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ދޯދިޔާ ކަމުން ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން މަލީހް ވަނީ ރަސްމާލް މަޝްރޫއުއަކީ ރައީސް މުއިއްޒު އަދުރޭ އަށް ބޭލި ހަނދެއްތޯ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާ ގައުމުގެ ވެރިމީހާގެ ބަހާއި އަމަލު ދިމާނުވެ ގައުމު ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް މަލީހް ވަނީ ސިފަކުރައްވާފައެވެ.
މިއާއި އެކު ގައުމުގެ އިސް ސަފުގައި މިހާރު ތިއްބެވީ ކޮންމެވެސް އެއް ދައުވާ އެއް ބޮލުގައި އެޅިފައި ތިބި މީހުންތައް ކަމަށާއި މިފަދަ މީހުންނަށް ވެރިކަން ކުރެވޭނެ ގޮތާއި މެދު މަލީހް ސުވާލު އުފެއްދެވިއެވެ.
ނޫމަޑި މައްސަލައިގައިވެސް މުއިއްޒު އެހުރީ ބޯދަމައިގަނެގެން. މަޖިލިސް ނައިބު ރައީސްވެސް އެއީ 25 އަހަރުގެ ދައުވާއެއް އަންނަންޖެހޭ މީހެއް. އަދުރޭ އަކީ ވެސް ހަމަ އެފަދަ. އެހެންވީމަ މި ގައުމުގަ އިންސާފު ގާއިމުކޮށް ތެދުވެރިވެވޭނީ ކިހިނަކުންތޯ
މުއިއްޒުއާއި އަދުރޭގެ ގުޅުމަކީ އިއްޔެ މިއަދު އުފެދިފައިވާ ގުޅުމެއް ކަމަށާއި މި ގުޅުމަކީ ކޮރަޕްޝަނާއި އޮޅުވާލުމުގެ ތެރެއިން އުފެދިފައިވާ ގުޅުމެއް ކަމަށް މަލީހްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މިއާއި އެކު ގާނުނީ ހަމަތަކުގެ ތެރެއިން މިފަދަ ވެރިއެއް ވަގުތުން ވަގުތަށް ބޭރުކުރަން ޖެހޭ ކަމަށް ޖަލްސާގައި ވަނީ ފާހަގަކޮށްފައެވެ.
އަދި ވެރިކަމަށް އަހަރެއް ނުވެގެން އުޅޭއިރު ފިނޭންސް މިނިސްޓަރ އިސްތިއުފާ ދެއްވާ ފޮރިން މިނިސްޓަރަށް ހުންނެވި ވަޒީރު ފިނޭންސްއަށް އައްޔަނުކުރައްވާ ގައުމު ހަލަބޮލި ކޮށްލާފައިވާ ކަމަށް މަލީހް ވިދާޅުވިއެވެ. އަދި އިކޮނިމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވާ އިކޮނޮމިކް ޑައިވަސިފިކޭޝަން ހާސިލުކުރަނީ މިގޮތަށްތޯވެސް މަލީހް ސުވާލު ކުރެއްވިއެވެ.