ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ރައީސް ޔާމީން ބައިވެރިވެވަޑައިގެންނަވާ ޖަލްސާއެއް މިރޭ!
Aishath Naja
އައިޝަތު ނަޖާ
31 އޮކްޓޯބަރު 2024
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ވަރަށް ފޯރި ގަދަ ޖަލްސާއެއް މިރޭ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އޮފީހުގައި އޮންނާނެ ކަމަށް އެޕާޓީއިން ހާމަކޮށްފިއެވެ.

އެ ޕާޓީގެ ފަރާތުން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ (31 އޮކްޓޯބަރު 2024) ވާ ހޯމަ ދުވަހުގެ ރޭ، އެ ޕާޓީގެ އޮފީހުގައި ވަރަށް ފޯރި ގަދަ ޖަލްސާއެއް އޮންނާނެ ކަމަށާ ޖަލްސާ ފެށޭނީ ރޭގަނޑު 8:45 ގައި ކަމަށެވެ.

އެހެންކަމުން ޕީއެންއެފްގެ ސިޔާސަތަށް ތާއީދުކުރައްވާ އަދި ރައީސް ޔާމީން ދެކެ ލޯބިވާ، އަދި އެމަނިކުފާނަށް ތާއީދުކުރާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ އެޕާޓީގެ އެދުމެއް ކަމަށް ޕީއެންއެފުން ހާމަކޮށްފައިވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ. ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved