- / މޯލްޑިވްސް މީޑިއާ ކައުންސިލް
ހަބަރު
11 ވަނަ ނޫސްވެެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ބާއްވައިފި
Aminath Zara
އައިމިނަތު ޒާރާ
31 އޮކްޓޯބަރު 2024
މާލެ ސިޓީ

މޯލްޑިވްސް މީޑިޔާ ކައުންސިލުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ "ނޫސްވެރިކަމުގެ އިނާމު" ގެ މި އަހަރުގެ ހަފްލާ އިއްޔެ ބާއްވައިފިއެވެ.

މި ހަފްލާ ބައްވާފައިވަނީ ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގެ މަލްޓިޕާޕަސް ހޯލްގައެވެ.

މި ހަފްލާގައި ޖުމްލަ 15 ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމާއި، ދެ ބޭފުޅަކަށް ހަޔާތީ އަރުތައިގެ އިނާމު އަދި ނޫސްވެރިކަމުގެ ދާއިރާއިން ތަްމރިން ދިނުމާއި މީހުން ބިނާ ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެ ފަރާތްތަކަށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި މި ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު މުޞްޠަފާ، ޖަޖުންގެ ޕެނަލް ގައި ހިމެނިވަޑައިގަތް ފަނޑިޔާރު އަލްފާޟިލް މުޙައްމަދު ސަލީމް އަދި ހަފްލާގެ ޝަރަފްވެރި މެހުމާނު ދިވެހިރާއްޖޭގެ ނާއިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ނޫސްވެރިންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކާފައިވެއެވެ.

'11 ވަނަ ނޫސްވެރިކަމުގެ އިނާމު' ހާސިލުކުރައްވާފައިވާ ފަރާތްތަކަކީ:

1.     ނޫސް މަޖައްލާ ކެޓަގަރީން، ސިޔާސީ ދާއިރާއިން:

·        ހަސަން މުހައްމަދު / އަދަދު

2.     ނޫސް މަޖައްލާ ކެޓަގަރީން، ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން:

·        ނިޢުމަތުﷲ އިދުރިސް / މިހާރު

3.     ނޫސް މަޖައްލާ ކެޓަގަރީން، ތިމާވެށި އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން:

·         ޝަހުދާ މުޙައްމަދު / ދައުރު

4.     ނޫސް މަޖައްލާ ކެޓަގަރީން، ތަޙްޤީޤީ ނޫސްވެރިކަމުގެ ދާއިރާއިން:

·        އަޙްމަދު ނާއިފް / ދައުރު

5.     އޯޑިއޯ ވީޑިއޯ ކެޓަގަރީން، ތަޙްޤީޤީ ނޫސްވެރިކަމުގެ ދާއިރާއިން:

·        އަޙްމަދު އާޢިދު / އަދަދު

6.     ނޫސްމަޖައްލާ ކެޓަގަރީން، ކުޅިވަރުގެ ދާއިރާއިން:

·        ޢައްޒާމު ޢަލީފުޅު / އަދަދު

7.     ވީޑިއޯ ޑޮކިއުމެންޓްރީ ދާއިރާއިން:

·        މުޙައްމަދު މިރާން ނާޝިމް / އަދަދު

8.     ނޫސްމަޖައްލާ ކެޓަގަރީން، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން:

·        ފާޠިމަތު ޝަނާ މުޙައްމަދު / މިހާރު

9.     ފީޗަރ ރިޕޯޓުގެ ދާއިރާއިން:

·        މުޙައްމަދު މުޒައްޔިނު ނާޒިމް / ދައުރު

10.     ނޫސްމަޖައްލާ ކެޓަގަރީން،ގްރެފިކްސް އާއި އިލެސްޓްރޭޝަންގެ ދާއިރާއިން:

·        މުޙައްމަދު ނަބްހާން އިބްރާހީމް ދީދީ / މިހާރު

11.     ނޫސްމަޖައްލާ ކެޓަގަރީން، ތާރީޚާއި ސަޤާފަތުގެ ދާއިރާއިން:

·        މުޙައްމަދު ޙަމްދޫން / މިހާރު

12.     ނޫސްމަޖައްލާ ކެޓަގަރީން، މުނިފޫލި ފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާއިން:

·        ސައިފުﷲ އަޙްމަދު / ވަގުތު

13.    އަހަރުގެ އެންމެ މޮޅު ކަވަރޭޖް ގެ އިނާމް:

·        މިހާރު ނޫސް

14.     އުންމީދީ ނޫސްވެރިޔާގެ އިނާމް:

·        މުޙައްމަދު ޔަމީން/ ނުކުތާ

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved