ޑރ ޖަމީލް / ސޯޝަލް މީޑިއާ
ސިޔާސީ
އިންތިހާއަށް ބޮޑު ސަރުކާރުގައި ރައްޔިތަކަށް ލިބުނު ފައިދާއެއް ނެތް: ޑރ. ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
03 ނޮވެމްބަރު 2024
މާލެ ސިޓީ

ގައުމުގައި މިހާރު އޮތީ ނުހަނު ބިޔަ ބޮޑު ސަރުކާރެއް ނަމަވެސް އެ ސަރުކާރަށް އަހަރުވެގެންދާއިރުވެސް ރައްޔިތަކަށް ލިބުނު ފައިދާއެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. ޖަމީލު ވިދާޅުވީ ގައުމެއްގައި އޮންނަ ސަރުކާރު ނިސްބަތުން ބޮޑު ކުރަނީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ރައްޔިތުންނަށް ހެޔޮވެރިކަމެއް އެންމެ ފުރިހަމަ ގޮތުގައި ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް މި ސަރުކާރު އައިސް މަތިބަރު ސަރުކާރެއް ގާއިމުކޮށްފައިވާއިރު، އަހަރު ދުވަސްކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ހެޔޮ ސިގްނަލުތަކުގެ ވާހަކައިގެ އަސަރު މިއަދު ގައުމުން ފެންނަމުން ނުދާ ކަމަށެވެ.

އެގޮތުން ފެހި ސިގްނަލުތަކުގެ ސަބަބުން ރާއްޖެއަށް އައި ހެޔޮ ބަދަލެއް ނެތް ކަމަށާ ބަދަލުގައި ފެނިގެން ދަނީ ސަރުކާރުގެ ވެރިންނަށާ އެ އާއިލާތަކަށް އެ ސިގްނަލުތަކުން ހެޔޮ އަސަރުކޮށް ދިރިއުޅުމަށް ބަދަލު އައި މަންޒަރު ކަމަށް ވިދާޅުވެ ޑރ. ޖަމީލު ވަނީ ގައުމުގެ ރައްޔިތުން ރައީސް މުއިއްޒުގެ ސަރުކާރުން ބިކަ ކޮށްފައިވާތީ މަޖާޒީ ގޮތަކަށް ފާދުވިދާޅުވެ ނުރުހުން އަމާޒުކުރައްވާފައެވެ.

އައްޑު އަތޮޅުން ފެށިގެން ރާއްޖޭގެ އުތުރާ ހަމައަށް ރައްޔިތުން އެބަ ދިރިއުޅޭ. ރައްޔިތުން ބުނަނީ ހުރިހާ މަސައްކަތެއް ހުއްޓިއްޖެއޭ. ތަނެއްގައި ގަލެއް ވެސް ބާއްވާފައި ނެތޭ. ރަށެއްގައި އިސްކުރެއްވެސް ޖަހާލާފައި ނެތޭ. މުއިއްޒު ބޭނުންވި ވަރަކަށް ސަރުކާރު ބޮޑުކުރަމުން ދަނީ. ސަރުކާރު އިންތިހާއަށް ބޮޑު. ރައްޔިތަކަށް ލިބުނު ޚިދުމަތެއް ނެތް. ރާއްޖޭގެ ވިޔަފާރިތައް ދިޔައީ ކުޑަވަމުން.

- ޑރ. ޖަމީލު

ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދަވާ ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ބޭވަފާތެރިވަމުން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved