April 9, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން / ޓްވިޓަރ/ޕީޕީއެމް

ނިމި ހަވާލުކޮށްފަ ހުރި ތަންތަން އަލުން އިވޭލުއޭޓް ކުރުމަކީ ސީދާ ކޮރަޕްޝަން: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Nov 8, 2024, 02:44 PM
މާލެ ސިޓީ

ގެދޮރުވެރި ސްކީމްގެ ދަށުން ނިމިފައި އަދި ލިޔުން ހަވާލުކޮށްފައި ހުރި ފްލެޓްތަކާއި ބިންތައް އަލުން އިވޭލުއޭޓްކުރުމަކީ ގާނޫނީ ގޮތުންވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ސީދާ ކޮރަަޕްޝަނަށް ހުށަހެޅޭފަދަ ކަންތައްކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ރޭ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ ހަފްތާގެ ފްރޮންޓް އޮފީސް ޖަލްސާގައިވެސް ރައީސް ޔާމީން ވަނީ ގެދޮރުވެރި ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވާ ފްލެޓްތައް ނުދީ ލަސްކުރަމުންދާތީ މިހާރުގެ ހައުސިންގ މިނިސްޓަރ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ މިފަދަ ކަންކަން އަބަދުވެސް އެންމެ ކައިރިން ރައީސް ޔާމީން ބައްލަވަމުން އަންނައިރު، މިރޭގެ ޖަލްސާގައިވެސް އެމަނިކުފާނު ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭސީސީން ކަނޑައެޅިގެން މިއޮތީ ގޯހެއް ހަދާފައި ކަމަށް ނުދައްކާހާ ހިނދަކު ކުރީ ސަރުކާރަކުން ދީފައި ހުރި ތަންތަން އާ ސަރުކާރަކުން އައިސް އެހެން ބަދަލެއް ނުކުރެވޭނެ

ރައީސް ޔާމީން

މިގޮތުން، އޭސީސީން ފްލެޓް ދިނުމުގެ މަޝްރޫއުގައި މައްސަލައެއް އުޅޭ ކަމަށް ނުދެކޭހާ ހިނދަކު ކުރީ ސަރުކާރަކުން ދީފައިވާ ފްލެޓް/ބިން ތައް އާ ސަރުކާރެއް އައިސް ބަދަލުނުކުރެވޭނެ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަލީ ހައިދަރު ކަންތައް އެ ކުރައްވަނީ ސީދާ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށާއި މުއިއްޒު އަކީ ރައްޔިތުންގެ ހެވަށް އެއްވެސް މަސައްކަތެއް ކުރައްވާނެ ފަރާތެއް ނޫން ކަމަށް ރައީސް ޔާމީން ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އަންނަ ކޮންމެ ސަރުކާރަކުން އޭގެ ކުރީގެ ސަރުކާރަކުން ދީފައި ހުންނަ ތަންތަން އަތުލަމުން ދުވާނީތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved