theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސްނޯކްލިއަށް މޫދަށް ފުންމާލި ކުއްޖަކު ނިޔާވުން / ސޯޝަލް މީޑިއާ
ހަބަރު
ސްނޯކްލިއަށް މޫދަށް ފުންމާލި ކުއްޖަކު މަރުވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
08 ނޮވެމްބަރު 2024
އދ. ދިގުރަށް

ސްނޯކްލިއަށް މޫދަށް ފުންމާލި ކުއްޖަކު މަރުވެއްޖެއެވެ.

މިކަން ހިނގާފައިވަނީ އދ. ދިގުރަށް ވޭލް ޝާރކް ސަރަހައްދުގައެވެ. އެގޮތުން އެ ހާދިސާގައި ނިޔާވެފައިވަނީ ސްޓަޑީ ޓުއަރ އެއްގައި ގޮސް ހުރި ސިންގަޕޫރުގެ ދަރިވަރެކެވެ. އެ ކުއްޖާ ނިޔާވެފައިވަނީ މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަޚަމްވެގެންނެވެ.

މިކަމުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން މީޑިޔާއަށް ދެއްވި މައުލޫމާތުވާ ގޮތުގައި ވޭލް ޝާރކް ރިސާރޗްއެއް ހަދަން ސްޓަޑީ ޓުއަރ އެއްގައި އދ. ދިގުރަށަށް ގޮސް އުޅުނު ސިންގަޕޫރުގެ 15 އަހަރުގެ އަންހެން ކުއްޖަކު ސްނޯކްލިންއަށް ގޮސް ދޯނިން މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަޚަމްވެގެން އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދުގެ ހެނދުނު 09:55 އެހާ ކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ކުއްޖާ މަރުވެފައިވާ ކަމަށް އެ ސެންޓަރުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved