
ރައީސް މުހައްމަދު މުއިއްޒަށް "ކައްޒާބު" ކިޔަން ޖެހޭ ސަބަބުތައް، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ވިދާޅުވެދެއްވައިފިއެވެ.
މަލީހު އެ ސަބަބުތައް ހާމަކޮށްދެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މަލީހު ވަނީ ޖުމްހޫރީ ވެރިކަމެއްގެ ކެމްޕެއިންގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ކަންކަން އެއް އަހަރު ދުވަހުގެ ތެރޭގައި ކަދުރު ރުކަށް އެރި މީހާގެ ނަދުރަށް ވަމުންދާކަން ފާހަގަކުރައްވާ ފާޑުވިދާޅުވެފައެވެ.
އެގޮތުން މަލީހު ވަނީ، ކެމްޕެއިންގައި ރައީސް މުއިއްޒު، ސަރުކާރުން ދޭ އެއްވެސް އެއްޗެއް ކަނޑާނުލާނެކަން ވިދާޅުވިކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް ވެރިކަމަށް އަރާ އާސަންދަ ކަނޑާލަނީ ކަމަށާ ކާޑު ސަބު ސިޑީ ކަނޑާލަނީ ކަމަށާ ތެލާ އެންސްޕާ ކަނޑާލަނީކަމަށް ވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ފެންބިލާ ކަރަންޓް ބޮޑުކޮށްފިކަމާ އަދި ޓެކްސްވެސް ބޮޑުކޮށްފިކަން ފާހަގަކުރައްވާ މަލީހު ވިދާޅުވީ، އެކަންކަން އެހެން ހުކުރުމުން ރައީސް މުއިއްޒަށް ކައްޒާބު ކިޔަނީކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒުގެ ދޮގު ހެދުމުގެ ސިޔާސަތު މިހާރު ހާމަވެއްޖެކަމަށް ގިނަ ރައްޔިތުން ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.










