މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު މުނައްވަރަށް އެޑްރެސްކޮށް އުއްޗު ފޮނުވި ސިޓީއެއްގެ ކޮޕީ ވަނީ މީޑިއާތަކާ ހިއްސާކޮށްފަ އެވެ. އެ ސިޓީގައި ގަވައިދުތަކާ އެއްގޮތަށް ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް އެ ގަވައިދު އުވާލަން އެދިފަ އެވެ. އަދި އެ ގަވައިދުގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވާނެ ކަމަށް ބުނެ އޭނާ ޝަކުވާކޮށްފައިވެ އެވެ.
އެ ގަވައިދުގައި ކަނޑައަޅާފައިވާ ގޮތަށް ކޮންމެ ރިސޯޓަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރު ކުރަން ލާޒިމްކޮށްފައިވެ އެވެ.
އެކި ފަންތީގެ ރިސޯޓްތަކުގެ އެވްރެޖް ޑެއިލީ ރޭޓް (އޭޑީއާރު) ތަފާތު ނަމަވެސް އެމްއެމްއޭގެ އާ ގަވައިދުގައި އެކަމަށް ބެލުމެއް ނެތި ހުރިހާ ރިސޯޓްތަކުން އެއްވަރަކަށް ބޭރު ފައިސާ މާރުކުރަން ވަނީ މަޖުބޫރުކޮށްފައި. އަދި މިއީ ރިސޯޓް ވިޔަފާރި ހިނގާ އުސޫލުތަކާ ދިމާނުވާ ގަވައިދެއް. މިކަމުގެ ސަބަބުން ހާއްސަކޮށް ދަށް ފަންތީގެ ރިސޯޓްތަކަށް އުފުލަން ޖެހޭ މާލީ ގެއްލުން ބޮޑުވާނެ،
މީގެއިތުރުން ގަވާއިދުގައި ޓޫރިސްޓުން ރިސޯޓުގައި ހޭދަކުރާ މުއްދަތަށް ބަލާފައި ނެތުމާއި ރިސޯޓުތަކުގެ ފެންވަރަށް ބެލުމެއް ނެތި ހުރިހާ ރިސޯޓަކަށް އެއް ރޭޓެއް ކަނޑައަޅާފައި އޮތުމާއި އެއް ހަމައަކުން ހުރިހާ ރިސޯޓަކުން އަމަލުކުރަން ޖެހުމަކީ ވެސް އުއްޗު ގަބޫލު ނުކުރައްވާ ހަމައެކެވެ.
އެހެންވުމުގެ ސަބަބުން، ދެން ރިސޯޓްތަކަށް މަޖުބޫރުވާނީ އެ ގެއްލުން ކުޑަކުރަން ބައެއް ހަރަދުތައް ކުޑަކުރަން ކަމަށް އުއްޗުގެ ސިޓީގައިވެ އެވެ. އެގޮތުން މުވައްޒަފުންނަށް ދޭ ބައެއް އިނާޔަތްތައް ކުޑަކުރުން ފަދަ ކަންކަން ކުރަން ޖެހި ދިގު މުއްދަތެއްގައި ޓޫރިޒަމް ސިނާއަތުގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް ލިބޭ ފައިދާ ދަށްވެ، އިންވެސްޓަރުންގެ އިތުބާރު މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ގެއްލިގެން ދާނެ ކަމަށް ސިޓީގައިވެ އެވެ.
އާ ގަވާއިދުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނަށް އަސަރުކޮށް، އެކަމުގެ އަސަރު އިގްތިސާދު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އެ ސިޓީގައި އުއްޗު ވިދާޅުވެފައިވެ އެވެ.
މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ވަގުތުން މި ގަވާއިދު އުވާލުމަށް ނުވަތަ، މުޅި ދިވެހި އިޤްތިޞާދަށް ދިގު މުއްދަތަކަށް ދެމިގެންދާނެ ފައިދާހުރި އަސަރެއް ކުރާނެ ފަދަ ގޮތަކަށް ގަވާއިދެއް ތަޢާރަފުކުރުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާ ކޮށްގެން މަސައްކަތްކުރުމަށް،
ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލުކުރަން ގިނަ ރިސޯޓުތަކަކުން ދެކޮޅު ހަދައި އެކަން މިހާރު ވަނީ އެމްއެމްއޭ އަށް އަންގައިފަ އެވެ.
އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގަވާއިދު އެކުލަވައިލީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ހުށަހެޅުންތަކަށް އިޖާބަ ނުދީ ކަމަށް ބުނެ އެ ޖަމިއްޔާއިން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީން ހިމެނޭ މަޓީން ބުނެފައި ވަނީ އެ ގަވައިދު އެކުލަވާލުމާ ގުޅޭ ގޮތުން އެމްއެމްއޭގެ އެދުމަށް މަޓީން އެ އޮތޯރިޓީއާ ބައްދަލު ކުރި ކަމަށާއި ނަމަވެސް ބޭރު ފައިސާއާ ބެހޭ އައު ގަވައިދުގައި ހިމެނުމަށް އެމްއެމްއޭއިން ހުށަހެޅި ހުށަހެޅުންތަކަކީ އެ ޖަމިއްޔާއަށް އެއްބަސްވެވޭނެ ކަންތައްތަކެއް ނޫންކަން އެންގި ކަމަށެވެ.