އާދަމް މޫސާ ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ޝަފްރާޒް | ތޭރަ އިމޭޖްސް
ސިޔާސީ
މި ސަރުކާރުގައި އެއްވެސް އިހްލާސްތެރިކަމެއް ނެތް: އާދަމް މުސާ
Fathmath Reem
ފާތުމަތު ރީމް
04 ފެބްރުއަރީ 2024
މާލެ ސިޓީ

މި ސަރުކާރުގައި އެއްވެސް އިހްލާސްތެރި ކަމެއް ނެތް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރޮންޓް ( ޕީއެންއެފް ) ގެ ފަރާތުން ރައްޔިތުން މަޖިލިސް އިންތިހާބުގައި ތޮއްޑޫ ދާއިރާ އަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އާދަމް މޫސާ ވިދާޅުވެއްޖެއެވެ.

އާދަމް މޫސާ މިފަދައިން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ޕީއެންއެފް ގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް މޫސާ ވިދާޅުވީ މި ސަރުކާރުގެ އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަމަށާއި އިހްލާސްތެރިނަމަ މިއަދު ރައީސް ޔާމީން ހުންނަވާނީ މިނިވަން ވެފައި ކަމަށެވެ.

އެއްވެސް އިހްލާސްތެރިކަމެއް ނެތް. އިހްލާސްތެރިކަމެއް ހުރި ނަމަ އަޅުގަނޑުމެންގެ ލީޑަރު މި އަދު އިންނަވާނީ މިނިވަނެއްގެ ގޮތުގައި. އަޅުގަނޑުމެންނާ އެކު އަޅުގަނޑުމެންގެ ކެންޕޭންގައި އަޅުގަނޑުމެންގެ ދާއިރާތަކުގައި ހަރަކާތްތެރި ވަމުން ދާނެ.

- އާދަމް މޫސާ

މީގެ އިތުރުން އާދަމް މޫސާ ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގައި ގާނޫނު ހެދުމަށްޓަކައި ރައްޔިތުން މަތި ކޮށްފައިވާ ފުރިހަމަ ޒިިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved