March 19, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީން ރައީސް މުއިއްޒަށް: އޭސީސީގައި ހުރި މައްސަލަތައް ހިންގެވިޔަ ދީ!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 15, 2024, 12:49 AM
މާލެ ސިޓީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ރައީސް މުހައްމަދު މުއިއްޒާ ސަރުކާރުން ވެސް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީންގެ ފާޑުކިޔުން އަމާޒުކުރެއްވީ ޕީއެންއެފުން ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑު ވައުދެއްވެފައިވާ، ދައުލަތުން ގެއްލުނު ފައިސާ ހޯދައިދިނުމުގެ ވައުދުގައި އަތްލަން ރައީސް މުއިއްޒަށް ކެރިވަޑައިނުގަންނަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ މައްސަލަވެސް ބަލާނެ ކަމަށް އިއުލާން ކުރެއްވުން ނޫންކަމެއް ރައީސް މުއިއްޒަށް ކުރެވިފައިވާ ނުވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ރައީސް މުއިއްޒާ އެމަނިކުފާނުގެ ސަރުކާރުގެ ވެރިން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމުގެ މިސާލު ދައްކަވާފައެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ ގަޓު ހުންނެވިއްޔާ އޭސީސީގައި ހުރި ރައީސް މުއިއްޒުގެ މައްސަލަ ބަލަން އެ ކޮމިޝަނަށް ޖާގަދެއްވުމަށެވެ.

އަޅުގަޑު އިލްތިމާސްކުރަން މުއިއްޒަށް އިނގޭތޯ މުއިއްޒަށް ހުށަހެޅިފައި ހުރި ތުހުމަތުތަކުން ބަރީއަވާން އޭސީސީގައި ހުރި މައްސަލަތައް ހިންގެވިޔަ ދޭށޭ. އަދި އެމްއެމްއޭއިން ނެރެފައި ހުރި އެސްޓީއާރުތަކުގެ މައްސަލަ ޕޮލިހުންނަށް ބެލިޔަ ދޭށޭ. ދެން ހަމަ ދޮންއަމާގެ ވީޑިއޯ ނުކުތީމަ އޭސީސީ އެ ވަނީ އެކމު އޭސީސީއިން ބަލަން ޖެހޭ މާބޮޑެތި މައްސަލަ އެބަހުރި. ދައުލަތުން ގެއްލިފައި ހުރި ފައިސާ ހޯދުމަކީ އޭސީސީގެ އެންމެ ބޮޑު އެއް ޒިންމާ. ދޮންއަމާ ވީޑިއޯ މައްސަލަ ބަލައިގެން ދައުލަތަށް ވަންނާނެ ފައިސާއެއް ނޯންނާނެ. ދެން އެއަށްވުރެ ބާރު ބޮޑުކުރި ވީޑިއޯއަކީ ބެލްކަނި ވީޑިއޯ. ތްރޭޑް މިނިސްޓްރީއާ ބްރޮޑްކޮމްއާ ޗެނަލް13 އުވާލަން ޗެނަލް13 ނައްތާލަން މިއުޅެނީ. މި މީހުންގެ މަސްލަހަތު ހިމެނޭ މީހަކު ބޮޑު ޖަރީމާއެއް ހިންގައިފިއްޔާ ހަތަރު ފަރާތުން އަލިފާން ރޯކުރަނީ.

ރައީސް ޔާމީން

މީގެ އިތުރުން ވެސް ރައީސް ޔާމީން ވަނީ ވެރިކަމަށް އިންތިހާބު ވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ހިންގެވިކަމަށްވާ ކޮރަޕްޝަންގެ އިތުރު މައްސަލަަތައް ހުރިކަންވެސް ފާހަގަކުރައްވާފައެވެ.

އެގޮތުން މަޖިލީހުގައި އެމްޑީޕީގައި ތިއްބެވި ތޭރަ މެމްބަރުން، ރައީސް މުއިއްޒު އިންތިހާބުވެވަޑައިގެންނެވުމާ އެކު ކަނޑާލައިގެން ޕީއެންސީއަށް ގެންދިޔަ މައްސަލަ އަށް ޖަވާބުދާރީ އެއް ނުވެވޭކަމާ ރާޖޫ މާލެ (ރަސްމާލެ) ހިއްކަން ހިންގި ޖަރީމާ އަށް ޖަވާބުދާރީ އެއް ނުވެވޭ ކަމާ އެމްއެމްއޭ އިން ނެރަފައި ހުރި އެސްޑީއާރުތަކަށް ޖަވާބުދާރީ އެއް ނުވެވޭ ކަމާ، ރައީސް މުއިއްޒާ ދެކޮޅަށް ވައްދާފައި ހުރި ކަރަޕްޝަންގެ މައްސަލަތަކަށް ޖަވާބުދާރީ އެއް ނުވެވޭކަމުގެ އިތުރުން މިފަހަރުގެ ރައްޔިތުންގެ މަޖިލިސް މެމްބަރުން ޕީއެންސީ ޓިކެޓުގައި ހޮވި ގޮތާ މެދުވެސް ކުރެވުމުންދާ ތުހުމަތުތަކަށް ޖަވާބުދާރީ ރައީސް މުއިއްޒަށް ނުވެވޭކަން ރައީސް ޔާމީން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved