February 22, 2026
Advertisement
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޓޫރިޒަމް އެޑްވައިޒަރުގެ މަގާމަށް މުހައްމަދު ހަލީލު އައްޔަންކުރުން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޓޫރިޒަމް އެޑްވައިޒަރުގެ މަގާމަށް މުހައްމަދު ހަލީލު އައްޔަންކުރުން / ރައީސް އޮފިސް

ރައީސް މުއިއްޒުގެ އެޑްވައިޒަރުވެސް ޑޮލަރު މާރު ކުރުމާ ދެކޮޅު!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 16, 2024, 02:11 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެޑްވައިޒަރުވެސް ޑޮލަރު މާރު ކުރުމާ ދެކޮޅު ހައްދަވައިފިއެވެ.

Advertisement

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީލުގެ ޕަލްސް ކުންފުންޏަށްވެސް، އެ ކުންފުނީގެ އާމްދަނީން ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރެވެން ނެތްކަން މަރުކަޒީ ބޭންކު އެމްއެމްއޭއަށް ވަނީ އަންގާފައެވެ.

ރާއްޖޭގައި މަތީ ފަންތީގެ ހަތަރު ރިސޯޓު ހިންގާ ޕަލްސްއިން އެމްއެމްއޭއަށް ފޮނުވި ސިޓީގައި ވަނީ އެމްއެމްއޭގެ އެންގުމާ އެއް ގޮތަށް ޑޮލަރު މާރުކުރެވެން ނެތް ފަސޤ ސަބަބު ބަޔާންކޮށްފައެވެ. އެ ސަބަބުތަކަކީ:

ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ހަރަދުތަކަށް ހޭދަކުރަންޖެހޭކަން އެމްއެމްއޭއާއެކު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނިން ފާހަގަކުރިކަން

އެގޮތުން ޑޮލަރުން ކުރާ ހަރަދުތަކުގެ ތެރޭގައި ސަޕްލަޔަރުންނަށް ދޭ ފައިސާއާއި މުވައްޒަފުންގެ މުސާރަ ފަދަ ހަރަދުތައް ހިމެނޭކަން

ރިސޯޓުތަކުން ޑޮލަރުން ކުރަންޖެހޭ ހަރަދުކުރުމަށްފަހު ގަވާއިދުގައި ކަނޑައަޅާފައިވާ ރޭޓުގައި ޑޮލަރު މާރުކުރާނެ ފައިސާ ނުހުންނަކަން

ކޮންމެ ފަތުރުވެރިއެެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަކީ އެކަށީގެންވާ އަދަދެއް ނޫންކަން

ޑޮލަރު މާރުކުރާނަމަ ކުންފުނީގެ ވިޔަފާރިތަކަށް ގެއްލުންވެ ސްޓެބިލިޓީއަށް އަސަރުކުރާނެކަން އެވެ.

ޕަލްސް އިން ވަނީ އެ ސަބަބުތައް އެހެން ހުރުމުން އެމްއެމްއޭގެ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރެވެން ނެތް ކަމަށް ބުނެފައެވެ. އަދި އެކަމަށް ރިއާޔަތްކޮށް އެމްއެމްއޭއިން އެ ގަވާއިދާމެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމުގައި އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ޕަލްސްގެ ފަރާތުން ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ސީދާ ޚަލީލެވެ. އެ ކުންފުނިން ހިންގާ ހަތަރު ރިސޯޓަކީ ނޮޓިލަސް މޯލްޑިވްސްއާއި، ކަނޑިންމަ މޯލްޑިވްސްއާއި ނޯވާ މޯލްޑިވްސް އަދި އެވެލަން މޯލްޑިވްސްއެވެ.

ޕަލްސް ކުންފުނީގެ އިތުރަށް ޔުނިވާސަލް އަދި ޗަމްޕާ ބްރަދާސް ހިމެނޭހެން 50 ރިސޯޓަކުން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރެވޭނެކަން އެމްއެމްއޭއަށް އަންގާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved