April 9, 2026
Advertisement
އެސްޓީއޯގެ ޗެއަރމަން އާމިރު
އެސްޓީއޯގެ ޗެއަރމަން އާމިރު / ދަ އެޑިޝަން

ޑޮލަރު މާރުކުރާ ގަވާއިދުގެ މައްސަލައިގައި އެސްޓީއޯ ޗެއަރމަންގެ ނުރުހުން ސަރުކާރަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 16, 2024, 05:36 PM
މާލެ ސިޓީ

ޑޮލަރު މާރުކުރަން މަޖުބޫރު ކުރާ މައްސަލައިގައި ސްޓޭޓޫ ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޗެއަމަން އާމިރު މަންސޫރުގެ ނުރުހުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

Advertisement

މަޝްހޫރު ވިޔަފާރިވެރިޔާ އާމިރުގެ އުދާސްތައް ބަންޑުންކޮށްލެއްވީ ޓޫރިޒަމް ވިޔަފާރިވެރިންގެ މީސްމީޑިޔާ ގްރޫޕެއްގައެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރާ މައްސަލައިގައި އާމިރު ވިދާޅުވެފައިވަނީ ރިސޯޓު ހިންގާ ފަރާތްތަކުން އެކުއިޒިޝަން ކޮސްޓާއި ޓީޖީއެސްޓީ އާއި އާމްދަނީގެ ޓެކްސްގެ އިތުރުން ބިމު ކުލި ވެސް ވިޔަފާރިވެރިން ދައްކާ ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން ދެނީ "ސުމެއް" ކަމަށެވެ.

މީގެ އިތުރުން އާމިރުވަނީ ވިޔަފާރިވެރިން ވިޔަފާރިކުރަނީ ސިޔާސީ ލޯނު ދައްކަން ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

އެސްޓީއޯގެ ޗެއަރމަންގެ ނުރުހުން ސަރުކާރަށް އަމާޒުކުރައްވާފައިވާއިރު ޑޮލަރު މާރުކުރުމަށް ވިޔަފާރިވެރިންނަށް މަޖްބޫރުކުރަން ސަރުކާރުން ނެރުނު ގަވާއިދާ، ރައީސް މުއިއްޒަށް ޓުއަރިޒމް ކަންކމުގައި ލަފާއަރުވަން އައްޔަންކުރައްވާފައި ހުންނެވި އެޑްވައިޒަރ ޚަލީލުގެ ކުންފުނިންވެސް ދެކޮޅުކަން ވަނީ ހާމަކޮށްފައެވެ. އަދި ޔުނިވާސަލް ރިސޯޓްސް އާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ފަދަ މަޝްހޫރު ޓުއަރިޒަމް ވިޔަފާރިތަކުންވެސް ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

އާ ގަވާއިދަށް އަމަލުނުކުރެވޭނެ ކަމަށް 50 ރިސޯޓަކުން އެމްއެމްއޭއަށް ސިޓީ ފޮނުވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved