"ބުނި ބަސް" ސެގްމެންޓްގައި މިއަދު މިބަލާލަނީ 29 ނޮވެމްބަރ 2016 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅަކަށެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން "ޓެސްޓު" ކުރަން ކެރިވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީނަށް އެކަނި ކަމަށާއި އެމަނިކުފާނަށް ގައުމު ދަރަނިވެރިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެދުވަހު ވިދާޅުވި އެވެ.
"ހަބޭސް ތިނެއް" ނަމުގައި ކާނިވަލުގައި ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ރާއްޖެއަށް އަންނަ ކުރިއެރުންތަކުގެ މޭސްތިރިއަކީ ރައީސް ޔާމީން ކަމަށެވެ. އެހެންކަމުން ޒުވާނުން ސާބިތުކަމާ އެކު ތިބެ، މި ގައުމުގެ ހަލަބޮލިކޮށްލަން ފުރުސަތު ނުދޭން އޭނާ ގޮވާލެއްވި އެވެ.
އަޅުގަނޑުމެންގެ ނެތިދިޔަ ކާބަފައިން އެއް ޒަމާނެއްގައި [ދުށް] ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަޅުގަނޑުމެންގެ ތެރެއިން ދިރިހުރި ލީޑަރެއް އެ ދަނީ ނިންމުންތައް ނިންމަމުން،
ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްގީ އެންމެ ރަނގަޅަށް އެނގޭނީ ކަނޑުގެ ދޮރާއްޓާއި ވައިގެ ދޮރާއްޓަށް ނަޒަރު ހިންގާލުމުންނެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ދިވެހި ސަރުކާރާ އެކު އިންޑިއާގެ ޖީއެމްއާރުން ވެފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެން ބަދަލުގެ ގޮތުގައި ދައްކަން އާބިޓްރޭޝަނުން ކަނޑައެޅި ޖުމްލަ 271 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.1 ބިލިއަން ރުފިޔާ) ދެއްކީ ރައީސް ޔާމީން ވިދާޅުވާ ފަދައިން އެންމެ "ޗެކަކުން" ކަމަށް ސައީދު ވިދާޅުވި އެވެ.