April 23, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

“ޑރ ކައްޒާބް” ގެ ލަގަބު މުއިއްޒުއަށް ދިވެހިން އެރުވީ ހައްގުވެގެން: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Nov 17, 2024, 06:01 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަށް މިއަދު އަހަރެއް ފުރިގެން ދިޔަ އިރު ފާއިތުވި އެއް އަހަރު ތެރޭ “ޑރ ކައްޒާބު” ގެ ނަމުން މުއިއްޒަށް މުޚާތަބުކުރަނީ އެއީ މުއިއްޒަށް ހައްގުވެގެންވާ ލަގަބެއް ކަމަށް ވާތީ ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ މުއިއްޒު ހެއްދެވި ދޮގުތަކުގެ ލިސްޓެއް ހިއްސާކޮށްފައެވެ.

މިގޮތުން މި ލިސްޓްގައި ފާއިތުވި 52 ހަފްތާ ތެރޭގައި ކޮންމެ ހަފްތާއަކަށް ދޮގެއް ވާ ގޮތަށް 52 ދޮގު ހާމަކޮށްފައިވެއެވެ.

ވެރިކަމަށް އަހަރު ވެގެން ދިޔައީ މީސްމީޑިއާ އިން މިއަދު ފެނިގެންދަނީ ޑރ ކައްޒާބު ގެ ލަގަބު މުއިއްޒުއަށް އަރުވަން ޖެހުނު ސަބަބުތަކެވެ.

އެކި ފަހަރު މަތިން މުއިއްޒު ހައްދަވާފައިވާ ދޮގުތަކާއި، ވެ ވަޑައިގެންނެވި ވައުދުތައް މިއަދުވެސް ރައްޔިތުން އަންނަނީ ރައީސަށް ހަނދުމަފުޅުކޮށްދެމުންނެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެންމެ ނިކަމެތިކަން ލިބުނު 52 ހަފްތާގެ ގޮތުގައި މި ނިމިގެން ދިޔަ އަހަރު އަބަދުވެސް ދިވެހިން ހަނދާންކުރާނެއެވެ.

-
-
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved