April 5, 2026
Advertisement
މުއިއްޒު
މުއިއްޒު / ސޯޝަލް މީޑިއާ

ވެރިކަމަށް އަހަރެއްވީއިރު ސަރުކާރު ޖެހީ އުނބަށް، ރައްޔިތުން ޖެހުނީ ބަނޑަށް

Aminath Zara
އައިމިނަތު ޒާރާ
Nov 19, 2024, 03:17 PM
މާލެ ސިޓީ

ހެޔޮ ބަދަލަކަށް އެދިގެން ދިވެހި ރައްޔިތުން ހޮވި ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިއްޔެ އަހަރެއްވެގެން ދިޔަ އިރު މީސްމީޑިޔާގެ އެކި މަންސަތަކުން ސަރުކާރަށް ފާޑުކިޔާ، ނުރުހުން ފާޅުކޮށް ކޮށްފައިވާ ޕޯސްޓްތަކުން މައިގަނޑު ގޮތެއްގައި ބުނަމުންދިޔައީ "ސަރުކާރު އުނބަށް ޖެހި ދިވެހި ރައްޔިތުން ބަނޑަށް ޖެހުނު" ވާހަކައެވެ.

Advertisement

ވޯޓު އަޅައިގެން މުއިއްޒު ހޮވި ރައްޔިތުން އެކަމާ ހިތާމަކުރާ ވާހަކަ މިއަދު ދައްކަމުން އެދަނީ ލަދުވެތިކަމާއި އެކުގައެވެ. ރައްޔިތުންގެ އިހުސާސްތައް ނުދަންނަ ވެރިކަމަކީ ކޯއްޗެއްކަން ނޭގުނު ވެރިއެއް ރަސްކަމުގެ ތަޚުތަށް އިސްކުރެވުނީމައެވެ.

ދިވެހީންގެރާއްޖެ އެއް ހޯދައިދޭނެކަމުގެ ފޮނި ހުވަފެން ދައްކާ އެ ވައުދުވި ރާއްޖެ ވީ ހިސާބެއްވެސް ޚުދު މުއިއްޒަށް އެގިވަޑައިގަންނަވާހެން ހިޔެއްނުވެއެވެ. ރައްޔިތުންނަށް ލިބެމުންދިޔަ ސަބްސިޑީ ނުވަތަ އިނާޔަތްތައް ރިފޯމްކޮށް، ޓެކްސްއާއި ޑޮލަރުގެ ރޭޓް މަތިކޮށް ލިބޭ އެއްޗަކުން ރައްޔިތުން ދެކޮޅު ނުޖެހޭ ހިސާބަށް މުއިއްޒު ވަނީ ދިވެހި ރައްޔިތުން ގެންގޮސްފައެވެ.

ވެރިކަމަށް އަހަރެއްވެގެން ދިޔައިރު ކަރަންޓް ބިލް އަދި ފެން ބިލް ބޮޑުވެގެން އެކަމުގެ ޝަކުވާ ރައްޔިތުން ނުކުރާ މަހެއް މި ވީ 12 މަސްތެރޭގައި ގޮސްފައިނުވެއެވެ. ދިވެހިންގެ "ލިވިން އޮފް ސްޓެންޑަރޑް" ރަނގަޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ކަމަށް ބުނެ މުއިއްޒު އަންނަނީ ރައްޔިތުން ބަނޑަށް ޖައްސަމުންނެވެ.

ކޮށްދޭން ބުނި އެއްވެސް ކަމެއް ކޮށްނުދެވުނު އިރު،ފާއިތުވި 52 ހަފްތާ މި ސަރުކާރުން ދުއްވާލީ އިގްތިސާދު ރަނގަޅުކުރުމަށް އެއްވެސް ފިޔަވަޅެއް ނާޅުއްވާ ކުރީ ސަރުކާރުތަކުގެ ބޮލަށް މައްސަލަތަށް ޖަހަމުންކަން ފާހަގަކުރެވިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved