April 22, 2026
Advertisement
ހުޅުމާލޭ މޫދަށް އެރުނު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
ހުޅުމާލޭ މޫދަށް އެރުނު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ / ފޭސްބުކް

ހުޅުމާލޭ މޫދަށް އެރުނު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 19, 2024, 10:17 PM
މާލެ ސިޓީ

ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

Advertisement

ފުލުހުން މިއަދު ބުނީ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން އެހެން ބުނެފައި މިވަނީ، ހުޅުމާލޭ ގޮނޑުދޮށުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންނާ ހަވާލުކުރި ކަމަށް ސޯޝަލް މީޑިއާގައި މީހަކު ބުނި ފަހުންނެވެ.

އެ ޕޯސްޓުގައިވަނީ އެ މީހާ ކުޑަކުދިންނާ ބެހި، އެ ކުދިން ކައިރީ އެކަހެރި ހިސާބުތަކަށް ދާން ބުނެ، އެ ކުދިންގެ ނުރުހުމުގައި ގައިގައި އަތްލާން އުޅުނު ކަމަށެވެ. އަދި އެ މީހާ ފުލުހުންނާ ހަވާލުކުރި ނަމަވެސް އެ މީހާ ދޫކޮށްފައިވާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

އެނގިފައިވާ ގޮތުގައި ފިރިހެން ކުއްޖާއާ ބެހިފައި ވަނީ އުމުރުން ދުވަސްވީ ފިރިހެނެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved