- / ސޯޝަލް މީޑިއާ
ހަބަރު
މިި ފަހަރުގެ މަޖިލިސް ތަފާތުވީ މުލިއާގެއިން އެހެން ގެއަކަށް ބައްދަލުވުންތައް ބަދަލުވިކަން
Aminath Zara
އައިމިނަތު ޒާރާ
21 ނޮވެމްބަރު 2024
މާލެ ސިޓީ

ޕާޓީ ބަދަލު ކުރުމުންނާއި ޕާޓީން ވަކި ކުރުމުން މަޖިލިސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ އިރު މިކަމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

މި އިސްލާހުގައި ބުނަނީ ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

ސަރުކާރަށް ތާއީދުކުރާ 78 މެންބަރުންގެ ވޯޓާއިއެކު ފާސްކުރި މި ބިލުގެ ސަބަބުން މި 78 މެންބަރުންނަށްވެސް އަންނަނީ ބޮޑެތި ތުހުމަތުތަކާއި އެކު ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއި ހޯއްދަވާ، ގާނޫނު އަސާސީއަށް ގެނައި މި ބަދަލާއިއެކު މުއިއްޒު ވަނީ މެންބަރުން އަޅުވެތިކޮށް އެ މެންބަރުންގެ އޮތް މިނިވަންކަން ގެއްލުވާލަފައެވެ.

ގާނޫނު އަސާސީއަށް ގެންނަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އިސްލާހުތަކާއެކު ދައުލަތުގެ ތިން ބާރު ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ލައްވައިފި ކަމަށާއި އެ އިސްލާހުތައް ފާސްކުރަން ނިންމި ވަގުތު އޮއްސިގެން ދިޔައީ މި ގައުމުގެ ޑިމޮކްރެސީގެ އިރު އޮއްސިފައިވާ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ދިވެހިންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ފޮނި ހުވަފެންދައްކާ ވެރިކަމަށް ހޮވި ވަޑައިގެން ރައީސް އަމާޒު ހިފީ ރައްޔިތުންގެ މަޖިލިސް މުއިއްޒުގެ ބާރުގެ ދަށަށް ގެނައުމަށެވެ. މިގޮތުން މަޖިލިސް އިންތިޚާބާއި ދިމާކޮށް ވޯޓު ވިއްކާ ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ހިންގުމަށްފަހު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަންގަވާ އެވަރުންވެސް ނުފުދިގެން އިއްޔެ ވަނީ އެ މެންބަރުންވެސް ބަނދެލާފައެވެ.

އެހެންކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަމައެކަނި ތަފާތު ކަމަކީ ކުރިން މެންބަރުން މުލިއާގެއަށް ގެންދިޔަ ގެންދިޔުން "އެހެން ގެއަކަށް" ގެންދިޔުމެވެ. 75،000 ހާހުން މެންބަރުންނަށް ކޮންމެ މަހަކު އެ މެންބަރުންގެ ޖީބަށް މުއިއްޒު އަޅުއްވާކަމުގެ ހެކި އިއްޔެ ފާސްކުރެވުނު ބިލުންވެސް ހާމަވެގެން ގޮސްފައިވާކަމަށްވެސް ފާޑުކިޔަމުންދާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved