އުމަރު ނަސީރު / ޕީޕީއެމް
ސިޔާސީ, ހަބަރު
ދެރައީ އަމިއްލަ ގައިގާ ވަޅި އެޅޭއިރު މަޖިލިސް މެންބަރުންނަށް އެކަން ނޭނގުން: އުމަރު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
21 ނޮވެމްބަރު 2024
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ސަބަބުން "ރައްޔިތުންގެ މަޖިލިސް" ބަދަލުވީ "ޕާޓީގެ މަޖިލީހަކަށް" ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ -- ޕީއެންސީއަށް އޮތް ސުޕަމެޖޯރިޓީ ބޭނުން ކޮށްގެން ގާނޫނު އަސާސީއަށް އިއްޔެ އިން އިއްޔެއަށް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. މަޖިލީހަށް ބިލް ތައާރަފު ކުރުމާއި ބިލް ފާާސްކުރުމާ މެދު ހޭދަވީ ހައެއްކަ ގަޑިއިރެވެ.

އިސްލާހުތައް ފާސްކުރަން އިއްޔެ ހަވީރު ވަކި ޖަލްސާއެއް ވެސް ބޭއްވީ އެވެ. ބިލް ފާސްކުރުމާއެކު ވަގުތުން ރައީސް ވަނީ ބިލް ތަސްދީގު ކުރައްވާފަ އެވެ. އަދި ރޭ ވަނީ ގެޒެޓް ކޮށްފަ އެވެ.

ގާނޫނުއަސާސީއަށް އިއްޔެ ގެނައި އިސްލާހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ އެ ގެނައި ބަދަލުގެ ސަބަބުން މަޖިލީހުގެ މެންބަރުން، ޕާޓީގެ ލީޑަރުންގެ މުށުތެރޭ ތާށިވެއްޖެ ކަމަށެވެ.

ލީޑަރު ނުރުހޭގޮތަކަށް އަމަލުކޮށް ހިޔާލު ތަފާތު ވެއްޖެނަމަ، ނުވަތަ ދެކޮޅަށް ވޯޓުދީފިނަމަ ޕާޓީއިން ވަކިކޮށްލުމުން ގޮނޑި ގެއްލިގެންދާނެ ކަމަށް ވިދާޅުވެ އުމަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އޭނަ ވިދާޅުވީ ފާއިތުވި 19 އަހަރުތެރޭ ގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ޕާޓިތަކުގެ ސަބަބުން ކަމަށެވެ. ނެވެ. އެކަމަކު މިހާރު ރައްޔިތުން ނިކުމެ އިންތިހާބުކުރާ މަޖިލީހެއްގެ ބާރު ދެ ޕާޓީއެއްގެ ލީޑަރުން އަތަށް ލިބުނ ކަމަށް ވިދާޅުވި އެވެ.

ދެރައީ އަމިއްލަ ގައިގާ ވަޅިއެ ރޭއިރު ވެސް މަޖިލިސް މެންބަރުންނަށް އެކަން ނޭނގޭކަން.

- އުމަރު

"އަވަސް އަރުވާލައިގެން" ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކުގެ ގުޅިގެން ގާނޫނީ ފަންނުގެ ބޭފުޅުންނާއި ސިޔާސީ ޕާޓީ ތަކާއި މަދަނީ ޖަމިއްޔާ ތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަދަނީ 11 ޖަމްއިއްޔާއަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހު އިސްލާހު ހުށަހަޅައި އަދި އިއްޔެ ފާސްކޮށް ތަސްދީގުކުރި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލަކީ އެއްވެސް ހާމަކަމެއް ނެތި އަވަސް އަރުވާލައިގެން އަދި ގާނޫނު ހެދުމުގައި ގެންގުޅެންޖެހޭ އިޖުރާއަތްތަކާއި އުސޫލުތަކަށް ބެލުމެއް ނެތި ފާސްކުރި ބިލެއް ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ދައުލަތުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެ ބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވާއިރު، އެ އިސްލާހުތަކަކީ އެ އުސޫލާ ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޮމެންޓު
ކޮމެންޓްތައް
އިއްބެ
21 ނޮވެމްބަރު 2024, 21:54
މަޖިލިސް މުށުތެރެއައް ލުމައްފަހު މިހާރު އެމްއެމްއޭ އެލީ ޖީބައް އަދިވެސް އަޅުގަޑުމެން ކުޅިބަލަން ތިބެން ވީތޯ?
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved