February 22, 2026
Advertisement
ބަޖެޓް ފޮތް މެންބަރުން ބައްލަވަނީ: މިއަދު އެ ބަޖެޓް ފާސްކުރިއިރު އެމްޑީޕީގެ މެންބަރުން ބަޖެޓަށް ވޯޓެއް ނުދެއްވާ
ބަޖެޓް ފޮތް މެންބަރުން ބައްލަވަނީ: މިއަދު އެ ބަޖެޓް ފާސްކުރިއިރު އެމްޑީޕީގެ މެންބަރުން ބަޖެޓަށް ވޯޓެއް ނުދެއްވާ / ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ބޭނުމަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 27, 2024, 06:50 PM
މާލެ ސިޓީ

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

Advertisement

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅީ އޮކްޓޯބަރު 31، ގަ އެވެ. އަދި ބަޖެޓަށް ބަހުސްކޮށް ނިމުނީ ނޮވެމްބަރު 16، ގަ އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކުރީ 70 މެންބަރުންގެ ވޯޓާއެކު އެވެ. ބަޖެޓާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

ވޯޓުގެ ކުރިން ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ބޭއްވި ބަހުސްގެ މަރުހަލާގައި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވަނީ ބަޖެޓް ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އެ ބޭފުޅުން ވިދާޅުވީ މިއީ މިހާތަނަށް އެއްވެސް ސަރުކާރަކުން ހުށަނާޅާ ވަރުގެ ފުރިހަމަ ބަޖެޓެއް ކަމަށެވެ.

ރައްދުގައިބަޖެޓާއި ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅޫން ވިދާޅުވީ މީ އެންމެ ސިއްރުކަން ބޮޑު ރައްޔިތުންނާއި ފެއަށް ޖެހިފައިވާ ބަޖެޓެއް ކަމަށެވެ.

ބަޖެޓުން ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅާފައި އޮތް އަދަދު ބޮޑުތަނުން މަދު ކުރުމުން ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ކައުންސިލްތަކަށް ދޭން ކަނޑައަޅާފައި އޮތީ އެންމެ 1.4 ބިލިއަން ރުފިޔާ އެވެ. އެކަމަކު ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ކަނޑައަޅަންޖެހޭއިރު މަދުވެގެން 2.1 ބިލިއަން ރުފިޔާ ބަޖެޓުގައި ކައުންސިލްތަކަށް ހާއްސަ ކުރަންޖެހެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައިވާާ ގޮތުން:

  • ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައި
  • ހަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައިި
  • އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް

އަންނަ އަހަރު އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރަނީ %6.4ގަ އެވެ.

އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާނޭ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެއީ ޖީޑީޕީގެ %124.8 އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved