theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފިނޭންސް މިނިސްޓަރު ޒަމީރުއާ ރައީސް މުއިއްޒު / ރައީސް އޮފިސް
ހަބަރު
މި އަހަރުގެ ޖުމްލަ ބަޖެޓު ސާޕްލަސް ތިރިވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
11 ޖުލައި 2025
މާލެ ސިޓީ

ދައުލަތުން ހަރަދުކުރާ މިންވަރު އިތުރުވުމާ ގުޅިގެން މި އަހަރުގެ ޖުމްލަ ބަޖެޓު ސާޕްލަސް ތިރިވެއްޖެއެވެ.

ދެ ހަފުތާއެއް ވަންދެން އާންމުނުކޮށް ތިބުމަށް ފަހު، ފިިނޭންސުން އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ ބޮޑު ބައެއްގައި ބިލިއަން ރުފިޔާއިން މަތީގައި ހިފަހައްޓަމުން އަންނަ ޖުމްލަ ބަޖެޓު ސާޕްލަސް 628 މިލިއަން ރުފިޔާއަށް ވަނީ ތިރިވެފައެވެ.

މިދިޔަ މަހުގެ 26،ގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 18.5 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދުކޮށްފައިވަނީ 17.9 ބިލިއަން ރުފިޔާއެވެ.

ހަފުތާއިން ހަފުތާއަށް އާމްދަނީ އާއި ހަރަދުގެ ހިސާބުތަކަށް އައި ބަދަލަށް ބަލާއިރު، މި އަހަރުގެ 23 ވަނަ ހަފުތާގެ ތެރޭގައި އާމްދަނީއަށް ބިލިއަން ރުފިޔާ ލިބުނުއިރު، އެ ހަފުތާގެ ތެރޭގައި 1.7 ބިލިއަން ރުފިޔާ ހަރަދުކުރިއެވެ. މީގެ ތެރެއިން 1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ސަރުކާރުު މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

މުސާރަތަކާއި ދައުލަތް ހިންގުމަށް ކުރި ހަރަދުތައް އިތުރުވީ ނަމަވެސް، ކެޕިޓަލް ހަރަދުތައް ކުރާ މިންވަރަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ކެޕިޓަލް ހަރަދުތަކަށް 12.5 ބިލިއަން ރުފިޔާ ބަޖެޓު ކުރި އެވެ. ނަމަވެސް މި ފައިސާގެ ބޮޑު ބައެއްގައި އަތްލާފައިނުވެއެެވެ.

އެންމެ ފަހުން އާންމުކުރި ފިސްކަލް ރިޕޯޓުގައިވާ ގޮތުން އެ ހަފުތާގެ ނިޔަލަށް ކެޕިޓަލް ކަންކަމަށް ހަރަދު ކުރީ 1.9 ބިލިއަން ރުފިޔާ އެވެ. މިއީ ބަޖެޓުކުރި ވަރުގެ އެންމެ 15 ޕަސެންޓެވެ.

އެހެންކަމުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރެވި ބަޖެޓު ސާޕްލަސް ވެއްޖެ ކަމަށް ބުނެ ސަރުކާރު ސްޕޮންސަރ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ވުމަކީ އޯވަރޯލް ބަޖެޓު ސާޕްލަސް ބިލިއަނުން ދަށަށް ވެއްޓުނު ނަމަވެސް، އެ ހަރަދު ނުލައި ހިސާބުކުރާ ޕްރައިމަރީ ބެލެންސުގެ ސާޕްލަސް މަތީގައި ހުރުމުން ރިޕޯޓުކޮށްފައިވާ ވުމެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved