April 9, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު ޖަމާލު
ޕީއެންއެފްގެ އެސްޖީ މަލީހު ޖަމާލު / ތޭރަ އޮންލައިން

ޒުވާނުންނަށް ބިޑި އަނބުރަން ޖައްސާފަ ރައީސް މުއިއްޒު ގެންދަވަނީ ބިޑަކާ ނުލާ ގައުމުގެ ޚަޒާނާ ހުސްކުރަމުން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 2, 2025, 10:41 PM
މާލެ ސިޓީ

ގައުމުގެ ޒުވާނުންނަށް ނިކަމެތި އެ ޒުވާނުންނަށް ބިޑި އަނބުރަން ޖެހޭ ފަދަ ހާލަތަށް ގައުމު ވައްޓާލުމަށް ފަހު ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ބިޑަކާ ނުލާ ގައުމުގެ ޚަޒާނާ ހުސްކުރަމުން ކަމަށް ވިދާޅުވެ ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރެއްވީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ގައުމުގެ މާލީ ހާލަތު ދަށަށް ގޮސް އައިއެމްއެފުންވެސް ރާއްޖޭގެ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވާލަމުްނ ތަކުރާރުކޮށް ގެންދަވާ ދަނޑިވަޅެއްގައި މަލީހު ވެސް ވަނި ގައުމުގެ އިގްތިސޯދުގައި ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް ރައީސް މުއިއްޒަށް އެކަމުގެ ރާކާވެސް ލީހެން ހީނުވާކަމަށް ވިދާޅުވެ މަލިހު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ތަފްސީލުވެސް ނުހިމަނާ ރައީސް މުއިއްޒު ހިންގަވަނީ ބޮޑު ޖަރީމާއެއް ކަމަށެވެ.

އެމަނިކުފާޏުގެ ޖީބުގައި މިއަހަރުގެ ބަޖެޓުވެސް އޮތީ. މީ ހެދިފައި ހުރި ގާނޫނުތަކާ މުޅިން ޚިލާފުކަންކަން. އަދި ތަހުޒީބީ ޑިމޮކްރެޓިކު މުޖުތަމައުތަކުގައި މި ފަދަ ކަންކަން މި އުސޫލުން ނުވެސް ކުރާނެ. ބަޖެޓުގެ ދެ ފުށް ނުފެންނަހެން މަނިކުފާނާ މަނިކުފާނުގެ ކެބިނެޓުވެސް ހިންގަން އުޅެނީ ޖަރީމާއެއް.

މަލީހު

މަލީހު ވަނީ މާލިއްޔަތު ގާނޫނާ ޚިލާފަށް ކަންކަން ނުކުރައްވާ މާލިއްޔަތުގެ ގާނޫނުގެތެރެއަށް ރުޖޫއަ ވެވަޑައިގެން ބަޖެޓުގެ ކަންކަން ކުރެއްވުމަށް ރައީސް މުއިއްޒަށާ ސަރުކާރަށް ވެސް ގޮވާލައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved