ރައީސް ޔާމީން / ރައީސް އޮފިސް
ސިޔާސީ
ރައީސް ޔާމީންގެ ފަސްއަހަރުގެ ތަރައްޤީއާއި ރައީސް މައުމޫންގެ 30 އަހަރާއި ނުބައްދަލު: އަހްމަދު
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
05 ފެބްރުއަރީ 2024
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ފަސްއަހަރުގެ ތަރައްޤީއާއި ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ 30 އަހަރުގައި ވާ ކަންކަމާއި ނުބައްދަލު ކަމަށް ރައީސް ޔާމީން ަލަލށް އުފައްދަވާ ސިޔާސީ ޕާޓީ އުފެެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު މުހައްމަަދު ވިދާޅުވެއްޖެއެވެ.

އަހުމަދު މިފަދައިން ވިދާޅުވީ އެކްސް ހޭންޑަލްގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން އެޕޯސްޓުގައި ވަނީ، ރައީސް ޔާމީން މި ގައުމަށް ކުޑަ މުއްދަތެއްގެ ތެރޭގައި ދެއްވާފައިވާ ތަރައްޤީއާއި ރައީސް މައުމޫންގެ 30 އަހަރާއި ނުބައްދަލު ކަމަށެވެ.

އިތުރަށް އެ ޕޯސްޓުގައި އޭނާ ވަނީ، ރައްޔިތުން ބުނާ ތަފާތަކީ އެއީ ކަމަށްވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ޔާމިން ތަރައްޤީއަކީ "ޔާނު ސްޕީޑު"ގައި ގެނެސްދެއްވި ތަރައްޤީއެއް ކަމަށާއި، ޤައުމޫ އެދޭ ވެރިއަކީ ވެސް ރައީސް ޔާމީން ކަމަށް އޭނާ ވަނީ އެޕޯސްޓުގައި ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ނުހައްގު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ވަނީ ސިޔާސީ މަސައްކަތް ކުރުމަށް އެތައް ހުރަސްތަކަކާއި ކުރިމަތިވެފައެވެ. ނަމަވެސް އެމަނިކުފާނުގެ ސަޕޯޓަރުން އެންމެ އެދޭ ކަމަކީ އެމަނިކުފާނު އަނބުރާ ސިޔާސީ މަސައްކަތްޕުޅުގައި އުޅުއްވާ މަންޒަރު ދުށުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved