ރާއްޖޭގެ ދިފާއުގައި ތެދުވި 3 ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑްކޮށްފިއެވެ.
ސަސްޕެންޑްކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއިންގެ ގޮތުގައި ތިއްބެވި މަލްޝާ ޝަރީފް، މަރިޔަމް ޝިއުނާ (ނަންނަ)ގެ އިތުރުން އަބްދުﷲ މަހްޒޫމް މާޖިދުއެވެ.
ތިން ބޭފުޅުން މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށާއި އިންޑިއާއަށް ބަދުބަސް ބުނެ ޕޯސްޓުކުރިކަމަށް ބުނެއެވެ. ނަމަވެސް މސަރުކާރުން މިކަން ކޮށްފައިވަނީ އިންޑިއާގެ ޕްރެޝަރ ބޮޑުވެގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ލަކްޝަދީޕް ޕްރޮމޯޓުކޮށް މޯދީ އެކްސްގައި ކުރި ޕޯސްޓެއް ވަނީ ޓުއަރިސްޓުން ރާއްޖެ ބޮއިކޮޓުކޮށް މަލިކު ޚިޔާރުކުރުމަށް ގޮވާލާފައެވެ. އެކަމާ ދެކޮޅަށް ތިން ޑެޕިއުޓީއިން ވަނީ އަޑު އުފުލާފައެވެ. އަދި ވަނީ ރާއްޖޭގެ ދިފާއުގައި ވަކާލާތުކޮށްފައެވެ. ނަމަވެސް އެއީ އިންޑިއާއާ މޯދީ އަށް ކުޑައިމީސްކުރުން ކަމަށް ބުނެ ފޮރިން މިނިސްޓްރީއިވެސް ބަޔާން ނެރެފައިވަނިކޮށް އެ ތިން ބޭފުޅުންވަނީ އާދިއްތަ ދުވަހު މަގާމުން ސަސްޕެންޑުކޮށްފައެވެ.
އެއާއެކު ގިނަބަޔަކުވަނީ ގައުމުގެ ދިފާއުގައި ބަސްބުނުމުން މަގާމުން ސަސްޕެންޑުކުރުމުން މި ސަރުކާރު އިންޑިއާ ދަށުވެފައިވާ މިންވަރާ އިންޑިއާ ދެކެ ބިރު ގަންނަ މިންވަރު ހާމަވާކަމަށް ބުނެފައެވެ. އަދި ބައެއް މީހުންވަނީ ރައީސް އަބްދުﷲ ޔާމީން ހުންނެވި ނަމަ އެހެން އެކަން ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.