April 3, 2026
Advertisement
އެމްއެމްއޭގެ ބޯޑުން ވަކިކުރި އައްސަދު އަލީ(ކ) އަދި މުހައްމަދު ޝަހުދީ އަންވަރު
އެމްއެމްއޭގެ ބޯޑުން ވަކިކުރި އައްސަދު އަލީ(ކ) އަދި މުހައްމަދު ޝަހުދީ އަންވަރު / ރާއްޖެއެމްވީ

އެމްއެމްއޭގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލް ކުރައްވާ ދެ ބޭފުޅުން މަގާމުން ވަކިކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 8, 2024, 04:37 AM
މާލެ ސިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުގައި ހިމެނޭ ޕްރައިވެޓް ސެކްޓާގެ ދެ މެންބަރުން މިއަދު މަގާމުން ވަކިކޮށްފި އެވެ.

Advertisement

ވަކި ކުރި ދެ މެންބަރުންނަކީ އައްސަދު އަލީ އަދި މުހައްމަދު ޝަހުދީ އަންވަރެވެ. އެއީ ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރަން އެ ބޯޑަށް އައްޔަންކޮށްފައިވާ ހަމައެކަނި ދެ ބޭފުޅުންނެވެ.

އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީގެ ބޯޑަށް ދޭތެރެ ދޭތެރެއިން އަބަދުވެސް ބަދަލުތައް ގެންނަ ކަމަށެވެ. ނަމަވެސް އައްސަދު އާއި އަންވަރު ވަކިކުރި ސަބަބެއް މަރުކަޒީ ބޭންކުން ހާމައެއް ނުކުރި އެވެ.

އައްސަދު އަލީއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި އަލްއުސްތާޒް މުހައްމަދު ޝަހުދީ އަންވަރަކީ މަޝްހޫރު ގާނޫނީ ވަކީލެކެވެ. މީގެ އިތުރުން މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއަރމަންކަން ވެސް ކުރައްވައެވެ.

މި ދެ މެންބަރުން ވަކިކުރުމާ ގުޅިގެން އެމްއެމްއޭ ބޯޑުގެ އޮނިގަނޑަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި މި ދެ މަޤާމަށް އައު މެންބަރުން އައްޔަންކުރާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved