މޯދީއަށް އިންޒާރު ދިން މީހަކު ހައްޔަރުކުރިއިރު މުއިއްޒު އަށް އިންޒާރު ދިން މައްސަލައެއް ބަލަނީ / ފޭސްބުކް
ހަބަރު
މޯދީއަށް އިންޒާރު ދިން މީހަކު ހައްޔަރުކުރިއިރު މުއިއްޒު އަށް އިންޒާރު ދިން މައްސަލައެއް ބަލަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
08 ޑިސެމްބަރު 2024
މާލެ ސިޓީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އިންޒާރު ދިން މީހަކު އެގައުމުން ހައްޔަރުކޮށްފައިވާއިރު ރާއްޖޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ކުޅުދުއްފުށި ސިޓީގައި އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު މުއިއްޒަށް "ރީތި ކެއްސެއް" ދޭނެކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލަމުންކަމަށެވެ.

މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި މީހަކު "ކައްޒާބު" އަށް ނިސްބަތްކޮށް ކުރި ޕޯސްޓެއްގައި މީހަކަށް އިންޒާރުދީ ބިރުދައްކާކަމަށް ބުނި މައްސަލައެއްގައި ވެސް ދިވެހި ޒުވާނަކު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

ރައީސް މުއިއްޒު އަށް އިންޒާރު ދިން މީހެއްގެ މައްސަލަ ބަލަމުން އަންނަންނައިރު އަވައްޓެރި އިންޑިއާގެ ބޮޑު ވަޒީރަށް އިންޒާރު ދިން މައްސަލައެއް ވެސް ވަނީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފަ އެވެ.

އެގޮތުން އިންޑިއާ ފުލުހުން ބުނީ، ބޮޑު ވަޒީރަށް އިންޒާރު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ އަކީ ރާޖަސްތާންގެ އަޖްމީރު ސަރަހައްދުގައި ދިރިއުޅޭ 21 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި އޭނާ ހައްޔުަރުކުރީ މޯދީއަށް އިންޒާރުގެ މެސެޖެއް ފޮނުވުމުގެ ސަބަބުން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ޒުވާނާގެ ނަމަކީ ސައިފް އަލީ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ވެރިންނަށް އިންޒާރު ދީ ބިރުދެއްކުމަކީ ވަރަށް ނާ ތަހުޒީގު ކަމެއް ކަމަށް ގައުމުތަކުގެ ސަރުކާރުތަކުން ގަބޫލުކުރެ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved