March 26, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ނުދީ އެއް އަހަރު ކުރުމަށް ފަހު އަނެއްކާވެސް ހަމަ އެއް ވައުދެއް!

Aminath Zara
އައިމިނަތު ޒާރާ
Dec 10, 2024, 12:24 AM
މާލެ ސިޓީ

މަސްވެރިން މަސްކިރާތާ 48 ގަޑި އިރުތެރޭ ފައިސާ ލިބޭނެ ކަމަށް ރައީސް ޑރ މުހައްމަދު ވެވަޑައިގެންނެވި ވައުދު އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ.

Advertisement

މިގޮތުން ރައީސް ކުރިން ވެފައިވާ ވައުދާއި އެއްގޮތަށް މަސްވެރިންނަށް މާދަމާއިން ފެށިގެން 48 ގަޑި އިރު ތެރޭ ފައިސާ ދެވޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށް މުއިއްޒު ވަނީ މިއަދު އިއުލާންކޮށްފައެވެ.

ކ.ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން މިފަދައިން ވިދާޅުވެފައިވާތީ މަސްވެރިންގެ ފާޑުކިޔުން ރައީސް މުއިއްޒަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން، މިއީ މަސްވެރިންގެ ދުވަހާއި ގުޅިގެން މަސްވެރިން ހިތްހަމަޖައްސާލުމަށްޓަކައި ދައްކަވާ ވާހަކަތަކެއް ކަމަށް މަސްވެރިން ބުނެއެވެ. އަދި މުއިއްޒުއަކީ ދޮގުވެރިއެއް ކަމާއި ދެންވެސް ފައިސާ ހަމައަށް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

ވެރިކަމުގެ އަހަރެއް ކުރިން ވެފައިހުރި ވައުދުތައް ނުފުއްދި ހުސްވެގެން ދިޔަ އިރު، އެ ވައުދުތައް ހަނދުމަފުޅު ނެތި ރައީސް އަންނަނީ އަނެއްކާވެސް ތަކުރާރުކުރައްވަމުންނެވެ.

ފާއިތުވި އަހަރުގެ ތެރޭގައި މަސްވެރިންގެ ފައިސާ ނުލިބިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިން ވަނީ އިހުތިޖާޖުތައް ކުރިއަށް ގެންގޮސްފައެވެ.

މި އިހުތިޖާޖުތަކަށްވެސް ސަރުކާރުގެ އެދެވޭ ޖަވާބެއް ލިބިފައިނުވާއިރު، މަސްވެރިން "ހައްލާލަން" ކޮންމެ ފަހަރަކު އަދަދުތަކެއް ދިނުމަށްފަހު ހަމަޖައްސާލާފައިވެއެވެ.

މަސްވެރިންގެ ދުވަސް ކަމަށްވާ 10 ޑިސެމްބަރުގައި އިދިކޮޅު އެމްޑީޕީން ބޮޑު ޖަލްސާއެއް ބޭއްވުމަށް އިއުލާންކޮށްފައިވާއިރު ރައީސް ކުއްލި އަކަށް މަސްވެރިންނަށް މާ ބޮޑަށް އޯގާތެރިވެވަޑައިގެންނަވާ މަންޒަރު މިއަދު ފެނިގެން ގޮސްފިއެވެ.

ނުފެއްދޭ މިންވަރުން ވައުދުތައް ނުވުމަށް މަސްވެރިން ވަނީ މުއިއްޒަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved