އިބްރާހިމް ޒާހިރު / ތޭރަ އޮންލައިން
ސިޔާސީ
ރައީސް ޔާމީން މިނިވަން ކުރަން މި ސަރުކާރަކުން މަސައްކަތެެއް ނުކުރައްވާ: ޒާހިރު
Fathmath Reem
ފާތުމަތު ރީމް
05 ފެބްރުއަރީ 2024
މާލެ ސިޓީ

މި ސަރުކާރުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރައްވަން މަސައްކަތް ނުކުރާކަމަށް ރައިސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދެވުމާ އިސްކޮށް ހަރަކާތްތެރިވާ އިބްރާހިމް ޒާހިރް ވިދާޅުވެއްޖެ އެވެ.

ޒާހިރު މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ޕީއެންއެފްގެ އަދާހަމަ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުުންނެވެ.

ޒާހިރު ވިދާޅުވީ މި ސަރުކާރުުން ރައީސް ޔާމީން މިިނިވަން ކުރައްވަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އަދި އެއްވެސް ލުޔެއްވެސް ނުދޭ ކަމަށެވެ.

މީގެ އިތުރުުން ޒާހިރު ވިދާޅުވީ ރައީސް ޔާމިން އަށް ދެއްވި ލުޔެއް ދެއްވީ ކުރީ ސަރުކާރުން ކަމަށެވެ.

މި ސަރުކާރަކުން އެމަނިކުފާނު ސަލާމަތް ކުރަން މިހާ ހިސާބަށް އައި އިރު މަސައްކަތެއް ނުކުރާކަން އަދި އެއްވެސް ލުޔެއްވެސް ނުދޭ ކަން. ކުރީގަ ސަރުކާރުން ރައީސް ސޯލިހު ދެއްވި ލުޔެއް ނޫނިއްޔާ އަޅުގަނޑުމެންނަކަށް ނުފެނެ ލިބިވަޑައިގެން ދާތަނެއް

- އިބްރާހިމް ޒާހިރު

މީގެ އިތުރުން ޒާހިރު ވިދާލުވީ ފެނިގެން މިދަނީ ކުރީ ސަރުކާރުން ރައީސް ޔާމީނަށް ނުހައްދުން އެދިން އަނިޔާ މި ސަރުުކާރުންވެސް ދޭ ތަން ކަމަށެވެ.

މިއަދު ޑރ މުއިއްޒުގެ ރިޔާސީ ބަޔާނުގައި ޝަރުއީ ނިޒާމާ ނުވަތަ ރައީސް ޔާމީންއާ ގުޅުން ހުރި އެއްވެސް ވާހަކަ އެއް ނުދެއްކެވުން އެކަމާ ހައިރާން ނުވާ ކަމަށް ވެސް ޒާހިރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved