ރާއްޖެ މި އޮތީ ބަޑަށް ޖެހިފައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ އެމީހުންނަށް ހުރި ދަތިތައް ފިލުވަން ކަމަށާއި ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުން ބަޑަށް ޖެހިފައި ތިއްބާ ފިކުރިއްޔާތު ނުވިއްކޭ. ސިނގިރޭޓު ނުބޮވޭގޮތް ހަދާފައި އާސަންދަ ކަނޑާލީމަ ކޮން ފިކުރިއްޔާ ތެއް ވިއްކޭނީ
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ވެރިންނަށް ބަގުރޫޓް ވުމާއި ބަޑަށް ޖެހުމުގެ ތަފާތު ވެސް ނޭނގޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބަނގުރޫޓް ވުމަކީ އިކޮނޮމިކް ކޮންސެޕްޓެއް ކަމަށެވެ. ބަނޑަށް ޖެހުމަކީ ކާބޯތަކެތި ވެސް ކާންދޭނެ މިންވަރުވެސް ނުވަތަ އެ ހަކަތަ ވެސް ނެތުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ބޭރަށް ދައްކަން ޖެހޭ ދަރަނި ދެއްކުމަށް ބޭރު ދައުލަތަކުން ޑިމާންޑް ކޮށްފި ނަމަ ދިވެހި ރާއްޖޭގެ އިގްތިސޯދުގެ ހަކަތަ އެ ފައިސާ ދެއްކެން ނެތް ނަމަ އެދަނީ ސޮވަރިން ޑިފޯލްޓް އަކަށް ކަމަށެވެ.
އަޅުގަނޑު މެންގާތު ގަރުދިޔަ ބޯން އެބުނާ ފެންވަރުގެ ގިންތި ތަކުގެ މީހުން އެތިބީ ބަނޑަށް ޖެހިފަ، ހަގީގަތުގައި ވެސް، މި ބޭފުޅުންނަށް ނޭނގެނީ އިނގޭތޯ، މި ބޭފުޅުންނަށް ނޭނގެނީ، އެކަމު އެމީހުން އެތިބީ ބަޑަށްޖެހިފައި، ކިތައް ފެމިލީ ތޯ އެހާ ހިތް ދަތިކަމާއި އެކީ އެ އުޅެނީ..
ރައީސް ޔާމީން މިފަދައިން ވިދާޅުވިއިރު ރާއްޖޭގެ ރިޒާވު ހުސްވެފައިވާ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ވަނީ ދައްކާފަ އެވެ.
މިހާރު ރިޒާވުގައި ހުރި 45.7 މިލިއަން ޑޮލަރަކީ މަސް ދުވަހުގެ ޒަރޫރީ އިމްޕޯޓަށް ބޭނުންވާ ވަރަށް ވުރެ ވެސް މަދު ޑޮޮލަރެވެ. އަދި 50 މިލިއަން ޑޮލަރުން ދަށުގައި ރިޒާވުގައި ހުންނަތާ މިވީ ތިން މަސް ދުވަހެވެ.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރަން މަހެއްގެ މައްޗަށް 70 މިލިއަނެއްހާ ޑޮލަރު ރާއްޖެއަށް ބޭނުންވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.