March 12, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ސަރުކާރު ތެރޭގައި އޮތީ މުށް ޖަހާފައި ވައްކަން ކުރުން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 10, 2024, 06:45 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އޮތީ ކޫޑަ އެއް ބޮޑެއް އިސްތިސްނާ ކުރުމަކާ ނުލާ ހުރިހާ ވެރިންވެސް މުށް ޖަހާފައި ވައްކަން ކުރުމުގެ ސަގާފަތެއް ކަމަށް، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ފާހަގަކުރި ދުނިޔޭގެ އެންޓި ކޮރަޕްޝަން ދުވަހުގެ މައްޗަށް އަލި އަޅުވާލާ، ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ، ރައީސް މުއިއްޒު ދެކެ ރައްޔިތުން މިހާ ބޮޑަށް ނުރުހުން ވެގެން އުޅޭ މައިގަނޑު ސަބަބަކީ ސަރުކާރުގެ ތެރެއިން ކުރަމުން ގެންދާ ބޮޑެތި ވައްކަންތައް ކަމަށާ އެގޮތުން ރައީސް މުއިއްޒަކީ ކޮރަޕްޝަންގެ ތުހުމަތަކެއްގެ މާޒީ އެމަނިކުފާނުގެ މައްޗަށް އޮތް ބޭފުޅެއް ކަންވެސް މަލީހު ފާހަގަކުރައްވާފައިވެއެވެ.

އާސައިންދައިން ވައްކަން، މިފްކޯގަ ވައްކަން އިންތިހާއަށް، އެމްއެސީއެލްގަ ވައްކަން. ފަޒުލް ގެންދަނީ އެޗްޑީސީ ތެރެއިން އޭނަގެ އަންހެނުންނަށް ގޯތި ވިއްކަމުން. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެތައް ގޯއްޗެއް ހުޅުމާލެއިން ބަހާލިކަމުގެ ތުހުމަތު އެއޮތީ. އެސްޓީއޯގެ ތެރެއިން ރާއްޖެއަށް ވިއްކާ ތެލުން ވައްކަން. އެހެންވީމަ މުޅި ދައުލަތުގެ ތެރޭގައި މިއޮތީ ސަރުކާރު ހިންގުމެއް ނޫން. އޮތީ އަތް ޖަހާފައި ވައްކަން ކުރުން

މަލީހު

މަލީހު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ޖީބުތައް ލުއިވެގެން އުޅެނީވެސް ވެރިންގެ ތެރޭގައި ވައްކަން ތިޔާގިވުމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved