March 13, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޓެކްސީ ޑްރައިވަރުން އިޖުތިޖާޖަށް ނުކުމެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Dec 12, 2024, 12:07 AM
މާލެ ސިޓީ

ޓެކްސީ ޑްރައިވަރުންގެ މައްސަލަތަކަށް ސަރުކާރުން ހައްލު ހޯދުމަށް މަސައްކަތް ނުކުރާތީ ޑްރައިވަރުން މިއަދު ހުޅުމާލޭގައި އިހުތިޖާޖުކޮށްފިއެވެ.

Advertisement

ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ބައިވެރިވި މި އިހުތިޖާޖުގައި ޑްރައިވަރުންގެ ކަންބޮޑުވުންތައް ފާހަގަކޮށް ލިޔެފައިވާ ބެނާތައް ބޭނުންކޮށްފައިވެއެވެ.

ރައީސް މުއިއްޒު އާއި ޓެކްސީ ޑްރައިވަރުން އަންގާރަ ދުވަހު ބައްދަލުކުރުމަށް ނިންމަވާފައިވީ ނަމަވެސް، ރައީސް ވަނީ ބިޒީ ކަމަށް ބުނެ ބައްދަލުވުން ފަހު ވަގުތު ކެންސަލްކޮށްފައެވެ.

މި މައްސަލައިގައި އިހުތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށް ޓެކްސީ ޑްރައިވަރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑު ނޭހޭ ވެރިއެއް ރައްޔިތުން ބޭނުން ނޫން ކަމަށާއި ރައްޔިތުންނަށް ހެޔޮ ގޮތްތައް އެދިލައްވާނެ ވެރިއެއް ރައީސް މުއިއްޒު ކަންތައް ކުރައްވާހެން ކަންތަައްތައް ނުކުރައްވާނެ ކަމަށް މިއަދުގެ އިހުތިޖާޖުގައިވެސް ޑްރައިވަރުން ވަނީ ފާހަގަކޮށްފަ އެވެ.

އެސްއެމްއީ ލޯނުތަކަށް ގެނެސްފައިވާ ކާރުތަކާއި އަދި މިހާރުވެސް މާލެ އެތެރެކުރެވިފައިވާ ކާރުތައް ރީ ރަޖިސްޓްރީ ނުކޮށް އިތުރު ކާރުތައް ގެނެސް ރަޖިސްޓްރީ ކުރަމުންދާ މައްސަލައި ހައްލުކޮށްދެއްވުމަށްވެސް ޑްރައިވަރުން ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved