ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް އަދި ފުވައްމުލަކު ސިޓީއިން އައްޑޫ ސިޓީއާ ހަމައަށްވެސް މޫސުމީ ހުދު ސަމާލު ނެރެފިއެވެ.
ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް މެޓް އިން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ފުވައްމުލައް ސިޓީން އައްޑޫ ސިޓީއަށް ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެންމެ ފުރަތަަމަ ނެރުނު ހުދު ސަމާލުގެ މުއްދަތު ހަމަވެފައިވަނީ މިއަދު ހެނދުނު 11:30 އަށެވެ. ނަމަވެސް މިހާރު މެޓުން މިވަނީ މޫސުން ކުރިއަށް ލަފާކުރާގޮތް ހާމަކޮށް މެންދުރުފަހު 12:00 އިން ހަވީރު 17:00 އަށް މި ހުދު ސަމާލު ދަންމާލާފައެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދިި ދެކުނާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.