March 22, 2026
Advertisement
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ / މިސްބާހް | ތޭރަ އިމޭޖްސް

ރައީސް ޔާމީން ސަރުކާރަށް: މިއަދު "ފްރީ ރައީސް ޔާމީން" ޖަހައިގެން ނުކުންނަން ނުކެރިގެން އުޅުއްވަނީ ކީއްވެތޯ؟

Mariyam Isaadha
މަރިޔަމް އިސާދާ
Feb 7, 2024, 03:46 PM

މީގެ ކުރިން މޭމަތީ "ފްރީ ރައީސް ޔާމީން" ޖައްސަވައިގެން މަގުތައް މަތީ އުޅުއްވި ބޭފުޅުން މިހާރު ސަރުކާރުގައި ތިއްބެވިއިރު އެކަމަށް ވަކާލު މިހާރު ނުކުރަނީ ކީއްވެތޯއާ އެކަމަށް އަޑު އުފުލަން ކެރިވަޑައިގަންނަވާނެ ތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީންގެ ސުވާލެއް ސަރުކާރުގެ އިސް ފަނޑިއަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފްރަންޓް އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުރިން އެމަނިކުފާނަށް އިއްވީ "ހަރާމް" ހުކުމެއް ކަމަށް ބުނެ އަޑުގެ ކޮޅަށް ވާހަކަ ދެއްކެވި ކަމަށާއި "ފްރީ ރައީސް ޔާމީން" ޖަހައިގެން މަގުމަތީގައި ހަރަކާތްތައް ވެސް ހިންގި ކަމަށެވެ. ނަމަވެސް އެކަން ވަކި ހިސާބަކުން ހުއްޓާލި ކަމަށާއި އަދި މިހާރު އެ ބޭފުޅުން "ފްރީ ރައީސް ޔާމީން" ނުބަނަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަޅުގަޑުގެ ހައްގުގައި ވަކާލާތު އަޑު ގަދަ ކުރީ އޭރު. އޭރު ގޮވި ހަރާން ހުކުމެކޭވެސް. މިއަދު ކޮބައިތޯ އެ ބޭފުޅުން؟ މިއަދު "ފްރީ ރައީސް ޔާމީން" ޖަހާލަން ކެރޭނެތޯ؟ ފޯނަކަށް މެސެޖަކަށް ޖަވާބެއް ދެއްވަން ވެސް ކެިރވަޑައިނުގަންނަވާ މިއަދު އެބޭފުޅުންނަށް.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޖަލު ބަންދުން ވީއްލި ގޭގައި ހުންނެވޭތީ އާއިލާއަށް އެކަމުގެ ކުޑަ ތަސައްލީއެއް ލިބޭ ކަމަށާއި ނަމަވެސް އެމަނިކުފާނަކީ ހަމައެކަނި އާއިލާއެއް ބަލަހައްޓާ މީހެއްގެ އިތުރަށް ސިޔާސީ އާއިލާއެއް ވެސް ބަލަހައްޓާ މީހެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އގޮތުން މިހާރު ސަރުކާރުގައި ތިއްބެވީ އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި ސިޔާސީ މަސައްކަތް ކުރައްވަން އެއްވެސް ފުރުސަތެއް ނުދެއްވައިގެން އުޅޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމަށް އޮތް ގާނޫނީ ހުރަހަކީ ކޮބައިކަމެއްވެސް ބަޔާންކޮށްދީފައި ނުވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved