
2004 ވަނަ އަހަރު އެރި ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ނުލިބި ތިބި ހުރިހާ ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް އެމްއޭސީއެލްގެ މުވައްޒަފެއް ކަމަށްވާ މަރިޔަމް ޝިއުނާ ބުނުމުން، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓެރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވަރުގަދަ ރައްދެއް ޝިއުނާއަށް ދެއްވައިފިއެވެ.
ޝިއުނާ އެކްސްގައި ކުރި ޕޯސްޓަށް މަލީހުވެސް ރައްދުދެއްވީ އެކްސްގައި ޕޯސްޓެއް ކުރައްވާއެވެ.
ޝިއުނާގެ ޕޯސްޓުގައި ބުނެފައިވަނީ ސުނާމީ ކާރިސާއަށް 20 އަހަރު ފުރޭއިރު، މި ހާދިސާއާ ގުޅިގެން ގެދޮރު ފޯރުކޮށްނުދެވި 10 އަހަރު ފާއިތުވިފަހުން، އަދުގެ ރައީސް މުހައްމަދު މުއިއްޒު ހައުސިންގ މިނިސްޓަރުކަމަށް ވަޑައިގެން ގާތްގަނޑަކަށް 6 މަސް ދުވަހުގެ ތެރޭގައި ސުނާމީ ގެތައް ނިންމާ ގެދޮރު ގެއްލުނު ހުރިހާ ފަރާތަކަށް ހަވާލުކުރިކަން ހަނދާން ކޮށްލަން ޖެހޭ ކަމަށެވެ.
ޝިއުނާގެ މި ދޮގު ވާހަކަތަކަށް ރައްދު ދެއްވާ މަލީހު ވިދާޅުވީ، ވިޔާނުދާ ވާހަކަ ނުދައްކަން ޝިއުނާއަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން ސުނާމީ ކާރިސާގައި ގެދޮރު ފޯރުުނުކޮށްދެވި ތިބި ހުރިހާ ފަރާތްތަކަށް ގެދޮރު ހަމަޖެއްސުމަކީ ރައީސް އަބްދުﷲ ޔާމީންގެ 2013ގެ ރިޔާސީ ވަޢުދެއް ކަމަށާ އެ ގެދޮރުތައް ނިންމުމުގެ ޓާސްފޯހުގެ އިސްބޭފުޅަކީ އޭރުގެ ފިނޭންސް މިނިސްޓަރ ޑރ. އަބްދުﷲ ޖިހާދުކަންވެސް މަޅިހު ވަނީ އޮޅުފިލުވާ ދެއްވާފައެވެ. އަދި އެއީ ޝިއުނާމެން ކްރެޑި އެދޭ މުއިއްޒަށް އެކަން ނުވެގެންކަން ވެސް މަލީހު ފާހަގަކުރައްވާފައިވެއެވެ.










