ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމު އަބްދުﷲ އާ ގާތް ގުޅުމެއް އޮންނަ، ޝަހީދު އިބްރާހިމު، ވޭސްޓު މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފިއެވެ.
ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝަހީދު މަގާމުން ވަކިކުރީ ސަރުކާރުން އެގޮތް ބޭނުންވެގެންނެވެ. މިކަމާ ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަދި އެއްޗެއް ހާމަކޮށްފައިނުވެއެވެ.
"ތޭރަ އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮތުގައި ޝަހީދު ވަކިކުރިކަމުގެ ސިޓީ މިއަދުގެ ވަގުތެއްގައި އޭނާއަށް ވަނީ ރައްދުކޮށްފައެވެ.
ވެމްކޯގެ ޑީއެމްޑިއަކަށް ޝަހީދު އައްޔަނުކުރައްވާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ޝަހީދުއަކީ މަޖިލިސް ރައީސް އަދުރޭގެ ވަރަށް އަރިސް ބޭފުޅަކަށްވެފައި އޭނާ ވަކިކުރި ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުއާ އަދުރޭއާ ދެމެދު ފަނޑުވަމުންދާ ގުޅުމުގެ އެޓޭކެއް ކަމަށް މީސް މީޑިޔާގައި ގިނަ ބަޔަކު ބުނަމުންދެއެވެ.