މޫސުން ގޯސް ދުވަހެއް / ސޯޝަލް މީޑިއާ
ހަބަރު
ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖެއަށް ވިއްސާރަ ކުރާނެ: މެޓު
Mariyam Isaadha
މަރިޔަމް އިސާދާ
30 ޑިސެމްބަރު 2024
މާލެ ސިޓީ

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ލަފާކޮށްފިއެވެ.

މެޓުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 3 ދުވަހު މެދު ރާއްޖެ ތެރެއަށާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

އެގޮތުން މެދު ރާއްޖެ، އުތުރަށް ފުދޭވަރަކަށް ވާރޭގެ ފަހި ފުރުސަތުތަކެ އޮތްއިރު ދެކުނަށް މާ ބޮޑު ވާރޭއެއް ނެތް ކަމަށްވެއެވެ.

ރާއްޖެއާ ދުރުގައި މި ވަގުތު އުޅޭ ސާކިއުލޭޝަންއެއްގެ ސަބަބުން ވައިބާރުވުމުގެ ފުރުސަތުވެސް ބޮޑު ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

ކުރިއަށް އޮތް ތން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރާނެ ކުރާނެއިރު، މި ދުވަސްވަރަކީ އައު އަހަރާ ދިމާކޮށާ އަދި ސްކޫލު ބަންދާވެސް ދިމާކޮށް ގިނަ ބަޔަކު އަތޮޅުތަކަށް ދަތުރުކުރާމުންދާ ދުވަސްވަރަކަށް ވުމުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved