ވިއްސާރަ ދުވަހެއްގައި، އައްޑޫ ލިންކް ރޯޑް / އައްޑޫ ލައިވް
ހަބަރު
މޫސުން ގޯސް، ބޮޑު ބަޔަކަށް ހުދު ސަމާލު!
Mariyam Isaadha
މަރިޔަމް އިސާދާ
31 ޑިސެމްބަރު 2024
މާލެ ސިޓީ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް، ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށެވެ.

އެ ސަރަހައްދުތަކަށް ސަމާލު ނެރުނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު 14:00 އަށް ހަމައަށެވެ.

އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ވިލާގަނޑުގައި 50 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކޮށް މެޓުން ވަނީ މި ބަންދުތެރޭގައި ދަތުރުކުރާއިރު މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved