މޫސުން ގޯސް / މޯލްޑިވްސް ޕޮލިސް ސާރވިސް
ހަބަރު
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
31 ޑިސެމްބަރު 2024
މާލެ ސިޓީ

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހެނދުނު 8:30 އިން ފެށިގެން މެންދުރު 14:00 އަށް ހަމައަށް މެޓުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށެވެ.

އެ ސަމާލުގެ ވަގުތު ހަމަވެ މެޓުން ނެރުނު އިތުރު ސަމާލުގައި ވަނީ އެ ސަމާލުގެ ވަގުތު މިރޭގެ 08:00 އާ ހަމައަށް އިތުރުކުރިކަން ހާމަކޮށްފައެވެ.

އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ވިލާގަނޑުގައި 50 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކޮށް މެޓުން ވަނީ މި ބަންދުތެރޭގައި ދަތުރުކުރާއިރު މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved