އިސްލާމިކު މކިނިސްޓަރު، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު / ސޯޝަލް މީޑިއާ
ހަބަރު
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުގެ ޚާއްސަ ޝުކުރެއް މީޑިއާތަކަށް!
Aminath Zara
އައިމިނަތު ޒާރާ
31 ޑިސެމްބަރު 2024
މާލެ ސިޓީ

އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު، ދިވެހިރާއްޖޭގެ މީޑިއާތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ.

ވަޒީރު މީޑިޔާތަކަށް ޝުކުރު އަދާކުރައްވާފައިވަނީ 2025 އަހަރުގެ އެކްޝަން ޕްލޭނާއި، އެކްޓިވިޓީ ކަލަންޑަރު، ރިސާލަތު ޕްރޮގްރާމް 2025، އަދި ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރުގެ ޚާއްސަ ޝުކުރު މީޑިއާތަކަށް އަދާކުރައްވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުޖުތަމަޢަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތުތަކާއި ވުޒާރާގެ މަސައްކަތްތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި މީޑިއާއިން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ 2024 ވަނަ އަހަރުނިމި، 2025 ވަނަ އަހަރަށް ކުރިމަތިލާއިރު މި ވުޒާރާގެ މަސައްކަތްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލެއްވުމާއި މި ވުޒާރާގެ ކަންތައްތައް ރައްޔިތުންނާއިހަމައަށް ފޯރުކޮށްދެއްވުމަށްޓަކައި ރާއްޖޭގެ ހުރިހާ މީޑިއާތަކުން މި ވުޒާރާއަށްދެއްވި ދީލަތި އެހީތެރިކަމަކީ ދުވަހަކުވެސް ހަނދާން ނައްތާލާނެ ކަންތައްތަކެއް ނޫންކަމަށެވެ.

އެގޮތުން މި ވުޒާރާގެ ޚަބަރުތަކާއި މަޢުލޫމާތުތައް މީޑިއާތަކުން ގެންނަނީ މާކެޓިންގއަށް ޚަރަދުކޮށްގެން ނޫންކަމަށާއި ވުޒާރާގެ ރަސްމިއްޔާތުތަކާއި ޚަބަރުތަކާއި މަސައްކަތްތަކުގެ މަޢުލޫމާތުތައް މީޑިއާތަކުން ގެނެސްދެނީ މީޑިއާތަކާއި ވުޒާރާއާއި އޮންނަ ގާތްކަމެއްގެ ސަބަބުންކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ އޮންލައިން ނޫސްތަކާއި ބްރޯޑްކާސްޓިންގ ޗެނަލްތަކުން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެފަރާތްތަކަށް ވަޒީރުވަނީ ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މީގެ އިތުރުން ޚާއްސަކޮށް މިއަދުގެ ރަސްމިއްޔާތުގެ ކަވަރޭޖް ގެނެސްދެއްވިކަމަށްޓަކައި ވަޒީރު ވަނީ މީޑިއާތަކަށް ޝުކުރު އަދާކުރައްވައި ޓްވީޓްވެސް ކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved