މޫސުން ގޯސް ދުވަހެއް / ސޯޝަލް މީޑިއާ
ހަބަރު
ބ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފި
Mariyam Isaadha
މަރިޔަމް އިސާދާ
01 ޖެނުއަރީ 2025
އައްޑޫ ސިޓީ

މޫސުން ގޯސްވެ މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމީ ސަމާލު ނެރެފިއެވެ.

މިގޮތުން މޫސުމާއި ބެހޭ އިދާރާއިން ވަނީ ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ސަމާލު ނެރެފައިވަނީ މިއަދުގެ ހެނދުނު 10:00 އިން މިއަދުގެ 16:00 އަށެވެ.

އެއިދާރާއިން ހާމަކުރި ގޮތުގައި، މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.

މެޓް އޮފީހުން ވަނީކުރިއަށް އޮތް ފަސް ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved