March 9, 2026
Advertisement
ޓުއަރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ނިލްފާ ޕްރޮޖެކްޓަކާ ހަވާލުވެލައްވަނީ
ޓުއަރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ނިލްފާ ޕްރޮޖެކްޓަކާ ހަވާލުވެލައްވަނީ / ސަން އޮންލައިން

މަސައްކަތް ކުރާނެ މާހައުލެއް ނެތިގެން ޓޫރިޒަމްގެ ޕީއެސް އިސްތިއުފާ ދެއްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 7, 2024, 10:00 PM
މާލެ ސިޓީ

ވަޒީފާގެ ޒިންމާތަކާ މަސްއޫލިއްޔަތު އަދާކުރުމުގައި އެކަށީގެންވާ މާހައުލެއް ނެތިގެން އެކަމުގެ ކަންބޮޑުވުމާއެކު ޓުއަރިޒަމް މިނިސްޓްރީގެ ޕާމަނެންޓު ސެކެރެޓަރި އިސްތިއުފާ ދެއްވައިފިއެވެ.

Advertisement

ޓުއަރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ފާތިމަތި ނިލްފާ އެ މަގާމުން އިސްތިއުފާ ދީފައިވަނީ ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

އިސްތިއުފާގެ ސިޓީގައި އޭނާ ބަޔާންކޮށްފައިވާ ގޮތުގައި ވަޒީފާއިން ވަކިވާން ނިންމީ މަސައްކަތްކުރާނެ މާހައުލެއް ނެތުމާއި މިނިސްޓްރީގައި މަސައްކަތްކުރުމުގައި ދަތިތަކެއް ކުރިމަތިވުންނެވެ. އެފަަދ ކަންކަން އެހެންހުރުމުން މަގާމުގައި އިތުރަށް ހުންނަން ޝައުގުވެރިކަން ނެތްކަމަށްވެސް ނިލްފާގެ އިސްތިއުފާ ސިޓީގައި ވެއެވެ.

ނިލްފާ ޕީއެސްގެ މަގާމަށް އައްޔަން ކުރެއްވީ 2021 ވަނަ އަހަރުގެ މާޗް މަހުއެވެ. މީގެ ކުރިން ނިލްފާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަައެވެ.

ނިލްފާގެ އިސްތިއުފާއާ އެކު އެ މަގާމަށް މީހަކު ހޯދުމަށް މިހާރު އިއުލާންކޮށް ގެޒެޓްކޮށްފައިވާއިރު އާދިއްތަ ދުވަހު އެ މަގާމަށް ވަގުތީ ގޮތުން ވަނީ ބޭފުޅަކު އައްޔަންކޮށްފައެވެ.

ވަޒީފާ އަދާކުރާނެ މާހައުލެއް ނެތިގެން ޓުއަރިޒަމް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދީފައިވާއިރު، ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ އެތައް ބަޔަކުވެސް ވަޒީފާ އަދާކުރާނެ މާހައުލެއް ނެތުމުން ފިންގަރ އެންޓަރ ކުރުމަށްފަހު ގޭގައި ތިބޭކަން ވަނީ ހާމަވެފައެވެ. އެގޮތުން ޚާއްސަކޮށް ޑެޕިއުޓީ މިނިސްޓަރުން މީގެ ތެރޭގައި ގިނަ އިރު އޭގެ ތެރެއިން ބައެއް ބޭފުޅުން ސިފަކުރައްވާ ގޮތުގައި އެ ބޭފުޅުންނަކީ ސަރުކާރުގެ ތެރޭގައި ތިބި ރެފިއުޖީންތަކެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved